ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުޖާލާ ދުވަސްތަކެއް: ވަޒީރު ޝިޔާމް

މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ އުވަސްތަކެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވަޒީރު ވިދާޅުވީ، ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްގީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މަސްވެރި ސިނާއަތަކީ، ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ