ރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްކުރުން - ސައީދު

ރައީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ޤައުމު ބަނގުރޫޓްވިޔަ ނުދީ ސަލާމަތްކުރެއްވުން ކަމަށް އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާނާ ގުޅޭގޮތުން ރޭގައި ބޭއްވުނު ޚާއްސަ ފޯރަމްގައެވެ.
ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވުނު މި ޚާއްސަ ފޯރަމްގައި ސަރުކާރުގެ 4 ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ފޯރަމްގައި ސަރުކާރުގެ އިސް ވަޒީރުން ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އިޤްތިޞާދީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ތަފްސީލީކޮށް އިޤްތިޞާދީ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ