މެރިން އެކްސްޕޯގައި ނަސީބުވެރިއަކަށް އެލިއާއިން ޔަމަހާ އިންޖީނެއް

މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ ޔަމަހާ ސްޓޯލަށް ޒިޔާރަތްކޮށްގެން ޔަމަހާ 50 ހޯސްޕަވަރުގެ އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް އެލިއާއިން ފަށައިފި އެވެ.
ތަފްސީލު - ހުޅުމާލޭ ސެންޓްރަލް ޕާކުގައި އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ އެކްސްޕޯގައި ޔަމަހާގެ ސްޓޯލަށް ޒިޔާޔަތްކޮށް، ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރިއަކަށް ޔަމަހާ 4-ސްޓްރޯކް 50 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮންނާނީ އާދީއްތައިގަ އެވެ.
ޔަމަހާ 4-ސްޓްރޯކް 50 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނު:
ތެޔޮ ހަރަދު ކުޑަވާނެ
ބާރު ދުވެލީގައި ދަތުރު ކުރެވޭނެ
މަސްވެރިކަމާއި ކުދި އަދި މެދު ސައިޒުގެ އުޅަނދުފަހަރަށް އެކަށީގެންވާ އިންޖީނެއް
މި އިންޖީނު ރާއްޖޭގެ ކަނޑުތަކުގައި ވެސް ވަނީ ޓެސްޓުކޮށްފައި
އެލިއާ އިން ރާއްޖެއަަށް ޔަމަހާ އައުޓްބޯޑު އިންޖީނު ތައާރަފްކޮށް، ޔަމަހާގެ ތަފާތު އުފެއްދުންތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަތާ 50 އަހަރު ވަނީ ފުރިފަ އެވެ.
ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލްއެއް ވެސް ރާއްޖެއަށް ތައާރަފްކުރަނީ، އެލިއާއިން ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމަށް ފަހު، ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލެއް ވާ ނަމަ އެ ބަދަލެއް ގެނައުމަށް ފަހު އެވެ.
އެލިއާއިން އުންމީދު ކުރަނީ މީގެ ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މެރިން އެކްސްޕޯގައި ވެސް އެ ކުންފުނީގެ ސްޓޯލަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރުމެވެ.
މެރިން އެކްސްޕޯގައި އެލިއާއިން ކުރިއަށްގެންދާ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު 9579797 އަށް ގުޅުމުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ