މަކުނުދޫ އެއާޕޯޓުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމުން ހިތްހަމަނުޖެހިއްޖެ

އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ހދ. މަކުނުދޫގެ އެއާޕޯޓުގެ ވާހަކަ ނެތުމުން އިންފްރާސްޓްރަކްޗާ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެ ރަށަށް ވަޑައިގަތުމުން ބައެއް ރައްޔިތުން އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މިނިސްޓަރު މިއަދު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް، ޝުއޫރު ފާޅުކުރަމުންދިޔަ ތަނެވެ.ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާ އެކު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަކުނުދޫ އެއާޕޯޓުގެ ވާހަކަ އިއްޔެގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ފާހަގަ ނުކުރެއްވުމެވެ.މިއަދުގެ ބައްދަލުވުމަށް މަކުނުދޫ ރައްޔިތުންނަށް ދައުވަތު ދީފައިވަނީ އެއާޕޯޓާ ގުޅޭ މަޝްވަރާތަކަށް ހާއްސަ ބައްދަލުވުމެއްގެ ގޮތުގަ އެވެ.މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ 2023 ޖޫން 22ގައެވެ. މި މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 3،493 މީޓަރުގެ ރިވެޓްމެންޓު ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ