ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތަރެއްގައި، ވ. ޗެމްޕިއަން، ކެޔޮދޫން އއ ރަނަރަޕް ތޮއްޑޫއާ 2-2 އިން އެއްވަރުވިއިރު، އދ. ގެ ޗެމްޕިއަން، މަންދޫން އެ އަތޮޅު މަހިބަދޫ އަތުން 4-1 އިން މޮޅުވެ، ކުރިއަށް ދިއުމަށް އުންމީދެއް ހޯދައިފި އެވެ.
މި ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަން، އއ. މަތިވެރިން ވަނީ ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު ޒޯން ފައިނަލާއި ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތް މަހިބަދޫ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކެޔޮދޫން މެޗު ހަމަކުރިއިރު، ލިބުނީ ހަތަރު ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް މަންދޫ އަށް ތިން ޕޮއިންޓް ލިބުނުއިރު، ތޮއްޑޫ އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ.
ތޮއްޑޫ އަށް ރޭގެ މެޗުގައި އަލީ ފަހުމީ އާއި އިބްރާހިމް ޝިޔާޒް ލަނޑުތައް ޖަހައިދިންއިރު، ކެޔޮދޫގެ ދެ ގޯލު ވެސް ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
މަހިބަދޫން އިބްރާހިމް އުސާމާ ހަސަން މަޖީދު ލަނޑު ޖެހި މެޗުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ އަނިޔާއާ ހެދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް މެޗުގެ ވަކި ހިސާބަކުން ނުކުޅެވުމެވެ. މަންދޫން މެޗު ކާމިޔާބުކުރިއިރު، ލަނޑުތައް ޖެހީ، އިބްރާހިމް އިމްރާން (އިންމި) ދެ ގޯލާއި އަހުމަދު ޝާހީންގެ އިތުރުން މަހިބަދޫގެ ސުއައިދު ސައީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ޒޯނުގެ ފަހު މެޗުތަކަށް ބަލާއިރު، މަހިބަދޫން މަތިވެރި އަތުން ޕޮއިންޓެއް ހޯދިޔަސް އެ ޓީމަށް ޒޯން ފައިނަލާއި ގަދަ 16ގެ ތެރެއަށް ވަދެވޭނެ އެވެ. މަންދޫ އަށް ފުރުސަތު އޮތީ އެ ޓީމުން ތޮއްޑޫ ބަލިކުރުމަށް ފަހު، މަތިވެރިން މަހިބަދޫ އަތުން މޮޅުވެއްޖެނަމަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: ކެޔޮދޫ އާއި ތޮއްޑޫ އެއްވަރު، މަހިބަދޫ ބަލިކޮށް މަންދޫ އަށް އުންމީދެއް ގޯލްޑަން ފުޓްސަލް ޗެލެންޖް: ކެޔޮދޫ އާއި ތޮއްޑޫ އެއްވަރު، މަހިބަދޫ ބަލިކޮށް މަންދޫ އަށް އުންމީދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ