".. އޭގެ [ޑްރަގް ކެފޭ ހިންގުމުގައި] އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން،"
ފުވައްމުލަކުގެ ސިޓީގައި ހަރަކާތްތެރި ވަމުންދިޔަ ޑްރަގު ނެޓްވޯކްތައް ނައްތާލާފައިވާ ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމުގެ ތަފްސީލު ހާމަކުރުމަށް މިނިސްޓަރުން ބައިވެރިވެވަޑައިގެން ދައުލަތުގެ މީޑިއާ -- ޕީއެސްއެމުން މިރޭ ގެނެސް ދިން ފޯރަމް ގައި ވާހަކަ ދައްކަވަމުންނެވެ.މަސްތުވާތަކެތީގެ ވަބާ ފުހެލުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު އިހުސާން ވަނީ އެ މަސައްކަތު ގައި އެންމެ ބޮޑު ކާމިޔާބެއް ހޯދުނީ ފުވައްމުލަކު ސިޓީން ކަން ފާހަގަ ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ޑްރަގު ކެފޭތައް ހަދައިގެން ހިންގަމުން ދިޔަ މީހުންގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.އެ ސިޓީގައި އެ ދާއިރާ އިން ކުރެވުނު މަސައްކަތްތައް ކާމިޔާބުކޮށް ޑްރަގް ކެފޭތައް ހިންގަންް އިސްކޮށް ތިބި މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.".. އޭގެ [ޑްރަގް ކެފޭ ހިންގުމުގައި] އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން،"
"އޮޕަރޭޝަން ވެށި ރައްކަލް"ގެ ނަމުގައި ފުވައްމުލަކު ސިޓީގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި 58 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ މަނީލޯންޑާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ހިމެނެ އެވެ. ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ފުވައްމުލަކުގައި ނެޓްވޯކެއް ހަދައިގެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޏ.ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29އ.) އަދި ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34އ.) އެވެ. ފުލުހުން ބުނި ގޮތުގައި ނިއުޝާދުގެ އެކައުންޓު މެދުވެރިކޮށް ފަސް އަހަރު ތެރޭގައި 21 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އަދި އާޒިމްގެ އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްތައް ހިންގާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ދެމީހުން ހައްޔަރުކުރީ ޑިސެންބަރު ހަވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ 21 މީހެއްގެ އެކައުންޓު ހިފަހައްޓާފަ އެވެ. އަދި ދެ ކުންފުންޏެއްގެ އެކައުންޓުތައްވެސް ފުލުހުން ހިފަހައްޓާފައިވެ އެވެ. އެ ފަރާތްތަކާމެދު ކުރެވެނީ މަނީލޯންޑަރިންގެ ތުހުމަތުކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި 4،048 އަށް ހޮޓްސްޕޮޓު ބަލައި، 1،147 މީހަކާ ސުވާލުކުރި އެވެ. އަދި ޖުމްލަ 58 މީހަކު ހައްޔަރުކުރި އެވެ. އެމީހުންގެ މައްޗަށް ތުހުމަތުވާ 75 މައްސަލައެއް ތަހުގީގުކޮށް އެިން 65 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފަައިވާކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފުވައްމުލަކުގެ ޑްރަގު ނެޓްވޯކްތައް ނައްތާލައިފިން، އިސްކޮށް ތިބި މީހުންނަށް ހަރުކަށި އަދަބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ