ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، ރ. ދުވާފަރާއި އިނގުރައިދޫން ޒޯން ދޭއްގެ ފައިނަލާއި ގަދަ 16 އިން ޖާގަ ޔަގީންކޮށްފި އެވެ.
މި ޒޯނުގައި މިރޭ އިނގުރައިދޫން ވަނީ 4-3 އިން ނ. އަތޮޅުގެ ޗެމްޕިއަން، މިލަދޫ ބަލިކޮށްފަަ އެވެ. އަދި ށ. އަތޮޅު ޗެމްޕިއަން، މިލަންދޫ އަތުން ދުވާފަރު މޮޅުވީ 2-0 އިންނެވެ.
މި ޒޯނުގެ އެއް ވަނައިގައި އޮތް އިނގުރައިދޫ އާއި ދެ ވަނައިގައި އޮތް ދުވާފަރަށް ވެސް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކަނޑިތީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް މިލަދޫ އާއި ފަސް ވަނައިގައި އޮތް މިލަންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
އިނގުރައިދޫ އަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް (އައިހު) ދެ ގޯލާއި އަލީ ހާފިޒް (އައްޔަ) އަދި މުހައްމަދު މަމްދޫހު (މަންޑޭ) ގޯލެކެވެ. އަދި މިލަދޫން ގޯލުތައް ޖެހީ ހުސެއިން ޝާފީ އާއި އަހުމަދު އިނާފް އަބްދުﷲ ގޯލެކެވެ.
ދުވާފަރަށް ލަނޑުތައް ޖަހައިދިނީ، އިބްރާހިމް އަނާން އާއި މުހައްމަދު އިސާމް (ޝަންޓެ) އެވެ.
މި ޒޯނުގައި ބާކީ އިނީ ދުވާފަރާއި އިނގުރައިދޫ ކުޅޭ މެޗާއި ކަނޑިތީމާއި މިލަދޫ ބައްދަލުކުރާ މެޗެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ޔަގީންކުރި ޓީމުތަކަކީ، އިނގުރައިދޫ އާއި ދުވާފަރުގެ އިތުރުުން، އއ. މަތިވެރި، ކ. ކާށިދޫ އަދި ލ. ގަން އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: އިނގުރައިދޫ އާއި ދުވާފަރު ގަދަ 16 އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: އިނގުރައިދޫ އާއި ދުވާފަރު ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ