އިމަޖެންސީގައި ދިޔަ އެމްބިއުލާންސެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓު

މާލޭގައި އިމަޖެންސީގައި ދުއްވާފައިދިޔަ އެމްބިއުލާންސެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެ އެކްސިޑެންޓު ހިނގީ މިރޭ 7:35 ހާއިރު އަމީނީމަގާއި އިއްޒުއްދީން މަގާ ގުޅުނު ކަންމަތީގަ އެވެ.
ބުނީ ކީކޭ؟ - ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ ސައިކަލު ދުއްވަންހުރީ 65 އަހަރުގެ މީހެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް އޮތް ކަމަށެވެ.
އެކްސިޑެންޓުވީ އައިޖީއެމްއެޗްގެ އެމްބިއުލާންސަކާއި ސައިކަލެކެވެ.
އެ އެކްސިޑެންޓުގައި:
އެ މީހާގެ ނިތްކުރިމަތި ދުޅަވެގެން އައިޖީއެމްއެޗްއިން ފަރުވާ ހޯދަންދިޔަ
އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ
ފާހަގަކޮށްލެވޭ - އެ އެކްސިޑެންޓުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެމްބިއުލާންސްގައި އިމަޖެންސީ ލައިޓު ދިއްލާފައި ހުރި ނަމަވެސް ސައިރެންގެ އަޑެއް ނީވެ އެވެ. އެމްބިއުލާންސްތައް މިގޮތަށް 'ސައިލެންޓް ސައިރެން'ގައި ދަތުރުކުރާ ބައެއް ހާލަތްތައް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ