މަގުމަތީގައި ދުއްވާފައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި، ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އަމީނީމަގުގައި ހުންނަ ކުރީގެ ހައުސިން މިނިސްޓްރީ އިމާރާތް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކާއި އެމަޖެންސީގައި ދިޔަ އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު މިރޭ 7:35 ހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ނިތްކުރި ދުޅަވެފައިވާ ކަމަށާއި އެ މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްބިއުލާންސާއި ސައިކަލު ދުއްވަން ތިބީ ލައިސަންސް އޮންނަ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
އެމްބިއުލާންސާއި ސައިކަލެއް ޖެހި ސައިކަލުގަ އިން މީހާގެ ނިތްކުރި ދުޅަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ