މުސްލިމުން އެކަކު އަނެކަކަށް ހަޑިހުތުރު ބަސްތަކުން މުޚާޠަބު ނުކުރުމަށާއި، އެއްބައިވަންތަކަން ކެނޑިދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
“މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުން” މި މައުޟޫއަށް އިއްވި ޚުތުބާގައި ވަނީ އިސްލާމީ މުޖުތަމަޢުއެއް ބިނާކުރުމުގައި އުޚްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ.
“އެއްބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުން މަނާކުރައްވައި، މާތް ﷲ ވަހީކުރައްވައިފައިވެއެވެ. ތިޔަބައިމީހުން އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށޭވެ!) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރިންނެވެ.” ޚުތުބާގައި ވިދާޅުވިއެވެ.
އިސްލާމްދީނަކީ އުހުއްވަތްތެރިކަމުގެ ދީން ކަމަށާއި އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީން ކަމަށް ޚުތުބާގައި ވެއެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށާއި، އެ ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތި ކަމަށް ވެސް ހުތުބާގައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ވަނީ މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަސްރާއި، ކާމިޔާބީއާ ހަމައަށް ވާސިލުވުމީ އެ މުޖުތަމައަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ބުނެފައެވެ.
“ތާރީހުގެ ފަތްފުށްތަކުން އެ ކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ ހުރި އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން. އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން. އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ މި ދެންނެވި ސަބަބުތަކާ ހުރެ.”، ހުތުބާގައި ވިދާޅުވެފައިވެއެވެ.
އެއްވެސް މީހަކަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ ދީން ހުއްދަކުރާ ކަމެއް ނޫންކަން ޚުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
“އެއްބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުން މަނާކުރައްވައި، މާތް ﷲ ވަހީކުރައްވައިފައިވެއެވެ. ތިޔަބައިމީހުން އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށޭވެ!) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރިންނެވެ.” ޚުތުބާގައި ވިދާޅުވިއެވެ.
އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީންކަމަށާއި، އެއްބައިވަންތަކަމަށް ބާރުއަޅާދީންކަން ފާހަގަކުރައްވާ، އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ދީނުގައި ބަޔާންކުރައްވާފައިވާފަދައިން، އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތްﷲ މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ ޢާއިލާ: ޚުތުބާ ހުކުރު ޚުތުބާ ލައިވް ކުރަމުންދާއިރު އިނގިރޭސި ސަބްޓައިޓަލް އަރުވަން ނިންމައިފި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްގެއް: ޚުތުބާ ޔަހޫދީން މަސައްކަތް ކުރަނީ މުސްލިމުންގެ ވަސް ފޮހެލުމަށް: ހުތުބާ މ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ