މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް މި އަހަރުގެ ތެރޭގައި ބޭންކިން ނިޒާމުގެ ތެެރެއިން ލުއި ލޯނު ލިބޭނެ ގޮތް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މަސްވެރިންގެ ދަފްތަރުގައި ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފައި ކަމަށެވެ.
ރައީސް ވިދާޅުވީ މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިން ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމީ އެ ފަދަ ކޮންމެ ދާއިރާއެއްގެވެސް ހިދުމަތްތެރީން ދައުލަތުން ޝަރަފުވެރިކަމާއެކު ބަލައިގަނެ އެ ފަދަ އެތައް ފުރުސަތެއް ފަހިކޮށްދިނުމަށް ކަމަށެވެ.
ހަބަރު: ސަރުކާރު
ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް މި އަހަރުގެ ތެރޭގައި ލޯނު ލިބޭނެ ގޮތް ފަހިވެގެންދާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ