މިއީ މީޒާން ތިބާގެ ކޮޅަށް އެންމެ ބޮޑުތަނުން ބުރަކޮށްލަން އޮތް އޮތް އެންމެ ފަހި ފުރުޞަތުކަމާ އެބޮޑު ފައިދާ ލިބިގަންނަން ކުރަންވީ ކޮންކަމެއްކަން އެނގޭހެއްޔެވެ؟: މުފްތީ މެންކް

ރަނގަޅަށް ވިސްނައި އަޑުއަހާށެވެ! ތިބާ ތައުބާވުމުން ތިބާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައެވެ. އެހެނަސް އެވަރުން ފުއްދައިލުމެއް ނެތެވެ. މަސައްކަތްކުރަންވީ ކުރެވިފައިވާ ހުރިހާ ފާފަތަކަކީވެސް ތިބާއަށް ކުރެވިފައިވާ އަޅުކަމަށް ބަދަލުކޮށްދެއްވަވާތޯއެވެ. 
އެއީވެސް ޙާޞިލުކުރަން އެހައި އުނދަގޫކަމެއް ނޫނެވެ. އެކަމަށް އެދިގެން ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާއަށްޓަކާ، ﷲ ތަޢާލާގެ ރުއްސެވުމަށް އެދިގެން ކުރިން ކުރަމުން އައި، ކުރިން ކުރެވުނު ފާފަތައް ކުރުން ހުއްޓައިލުމެވެ. އެއިރުން އެފާފަތަކަކީ ތިބާއަށް ކުރެވުނު ހެޔޮކަމަށް ނުވަތަ އަޅުކަމަށް ﷲ ތަޢާލާ ބަދަލުކޮށްދެއްވަވާނެތެވެ. 
ލޮބުވެތި އެކުވެރިންނޭވެ! ކުރިއަށް މިދަނީ އެކަމަށް އޮތް އެންމެ ފަހި ދުވަސްތަކެވެ. އެކަމަށް އެންމެ ފަސޭހަވާނެ ދުވަސްތަކެވެ. ރަމަޟާން މަސް އައުމުން ހުރިހާ ބޮޑެތި ޝައިޠޯނުންތައް ﷲ ތަޢާލާ ވަނީ ކަސްތޮޅު އަޅުއްވަވައިފައެވެ. މިހާރު ވީއްލި ތިބޭނީ ކުދި ޝައިޠޯނުންތަކެވެ. ވީމާ ލިބޭ ވަސްވާސްތައް ބޮޑުތަނުން މަދުވާނެއެވެ. 
ވިސްނުމަށް ގެންނާށެވެ! މީހަކަށް ކުރެވިފައިވާ ހުރިހާ ފާފަތައް އެއީ އެމީހަކަށް ކުރެވުނު ހެޔޮ ކަމަށް ބަދަލުކުރައްވަވައި ދެއްވަވައިފިނަމަ އެމީހަކަށް ލައްވަވާނެ ބޮޑުރަޙްމަތާއިމެދުގައެވެ. ޤިޔާމަތް ދުވަހު މީޡާން ތިމާގެ ކޮޅަށް ބުރަވެގެންދާނެ ބޮޑުކަމާއިމެދުގައެވެ.
 
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ