ބިމެއް ގަންނަން ނިންމިއިރު, އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ނެތް ބިމެއް ގަންނަން ނިންމިއިރު, އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ނެތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕުކޮށްގެން ހުޅުމާލޭން ބިމެއް ގަންނަން ނިންމާފައިވާއިރު, ބިމެއް ގަނެގެން ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރުމަކީ އެ އޮތޯރިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ނުހިމެނޭ ކަމެއްކަން އެނގިއްޖެ އެވެ.
އެމްއެމްއޭއިން އެކުލަވާލާފައިވާ ސްޓްރެޓަޖިކް އެކްޝަން ޕްލޭނަކީ މި އަހަރު ހިމެނޭހެން ތިން އަހަރަށް އެކުލަވާލާފައިވޭ ޕްލޭނެކެވެ. މި ޕްލޭނުގައި ހުރި ކަންކަން ބަހާލާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެ ދާއިރާތަކަކީ:
މި ދާއިރާތަކުގައި ހުރި ވަކިވަކި ނުކުތާތައް ބެލިއިރު, "ފިއުޗާ ފޯކަސްޑް" ގެ ދަށުން, މި ސަރަހައްދުގެ ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް ހިމަނާފައިވެ އެވެ.
މި ނަތީޖާ ހާސިލުކުރަން އެމްއެމްއޭއިން ރާވާފައި ވަނީ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރުމަކީ ދެކޮޅުޖެހޭ ކަމެއްތޯ ބަލަން ފީސިބިލިޓީ ސްޓަޑީއެއް ހެދުމާއި މި މަސައްކަތް ކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމެވެ. މި ދެ ކަންތައް ވެސް ކުރަން އޮތީ މި އަހަރުގެ ތެރޭގަ އެވެ.
މިހެން ނަމަވެސް ދިރާސާއެއް ނުހަދާ, މަސައްކަތް ކުރާނެ ގޮތެއް ވެސް ރޭވުމެއް ނެތި, އެމްއެމްއޭއިން ވަނީ ބިން ގަންނަން ނިންމާފަ އެވެ. މިއީ ސީދާ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިސްނެންގެވުމަށް ބޯޑަށް ހުށަހަޅުއްވައިގެން, ވޯޓު އެއްވަރުވީމައި އޭނާ ވޯޓު ދެއްވައިގެން ނިންމެވި ކަމެއްކަން އަދަދު އިން ވާނީ ކުރިން ރިޕޯޓުކޮށްފަ އެވެ.
މި ނިންމުމާ ދެކޮޅު ހެއްދެވި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަނީ އެ އޮތޯރިޓީން އިސްތިއުފާދެއްވާފަ އެވެ. އޭނާގެ އިތުރުން ފިނޭންސް މިނިސްޓްރީ ތަމްސީލުކުރެއްވި އަހްމަދު ޒަޔާން އާއި އިކޮނޮމިކް މިނިސްޓަރީ ތަމްސީލުކުރެއްވި ޝުހާދު އިބްރާހިމް ވަނީ ބޯޑުން އިސްތިއުފާދެއްވާފަ އެވެ.
އެމްއެމްއޭއިން ބިން ގަތުމާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކާއި އިގުތިސޯދީ ތަޖުރިބާކާރުންނާއި ވިޔަފާރިވެރިންނާއި ވިޔަފާރި ޖަމިއްޔާތައް ހިމެނެ އެވެ. އަދި މީގެ ސަބަބުން ދިވެހި ރުފިޔާގެ ބާރު ގެއްލި, ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ