ބިދޭސީ މީހާގެ އަތުން ހޯދި 530،000 ވެއްދީ ޝަމްއާންގެ ގެއަށް: ފުލުހުން

އެގޮތުން، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ފައިސާއާއެކު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން ހޯދި 530،000 ރުފިޔާ އޭގެ އެއް ދުވަސް ފަހުން ކުރީގެ ކޮންޓްރޯލާ ޖެނެރަލް، މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ވައްދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ މުވައްޒަފުން ފައިސާ ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހިންގާ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޑިޓެއިން ކުރާ ޓާސްކް ފޯސް ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.އެގޮތުން، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ފައިސާއާއެކު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ."އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،"ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ ގެއަށް ވަދެފައިވާ ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް، އެމީހުން އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި، ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.މި މައްސަލައިގެ ތުހުމަތާ ގުޅިގެން ރޭ ޝަމްއާން ވަނީ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ