ހަށިގަނޑުން ބަރުދަން ލުއިކުރުމަށް އެދޭ ފަރާތްތަކަށް އެކަމަށް މަގުފަހިވާނެ މަޖާ ޑާންސްގެ ސްޓައިލްތަކެއް ހުރިކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. މީގެ ތެރެއިން ޒުމްބާ ފަދަ ޑާންސް ސްޓައިލްތަކަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަސްރަތުތަކެއް ކަމަށް އެބޭފުޅުން ލަފާދެއްވަ އެވެ.
ޒުންބާ ފަދަ ޑާންސަކީ ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑު ލުއި ކުރުމަށް މަގުފަހިވާ ކަސްރަތެއްގެ ގޮތުގައި ބެލެވޭއިރު، ޑާންސްކުރުމުން މުޅި ހަށިގަނޑު ހަރަކާތްކޮށް، ކެލަރީ އަންދާ، ހިތުގެ ދުޅަހެޔޮކަން އިތުރުވެ، މަސްތައް ވަރުގަދަކޮށްދެއެވެ.
ޑާންސަކީ އޭގެ ޒާތުގައި އިންސާނުން މަޖާކުރަނިވި ކަމަކަށްވުމާއެކު، ކަސްރަތުކުރާކަމުގެ އިހުސާސް ނުވެ ގިނަ ވަގުތު ކަސްރަތުގައި ހޭދަކުރެވޭނެ ހަރަކާތެކެވެ.
ޒުމްބާއަކީ ލެޓިން އެމެރިކާއިން ފެށުނު ހަލުވި މިއުޒިކާއި އަވަސް ހަރަކާތްތަކެއް އެކުލެވޭ ޒުންބާ ދިވެހިންނަށް ވެސް ވަނީ ކަމުގޮސްފަ އެވެ.
އެއް ގަޑިއިރުގެ ޒުމްބާ ސެޝަނަކުން 400 އިން 700 އަށް ކެލަރީ އެންދޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
މީގެ އިތުރުން ޒުމްބާ ޖެއްސުމުން މަސްތަކާއި ކަށިތައް ވަރުގަދަވެ، ހަށިގަނޑުން ކެލޮރީސް އުނިވާ މިންވަރު އިތުރުވާނެ އެވެ.
ޒުންބާ ފަދަ ޑާންސްކުރުމުން ބަރުދަން ލުއިވުމުގެ އިތުރުން ނަފުސާނީ ގޮތުންވެސް ފައިދާ ކުރެ އެވެ. މިގޮތުން ހަށިގަނޑު ލުއިވެ، ސްޓްރެސް ކުޑަވުމުން ކޯޓިސޯލް ހޯމޯން އުފެދޭ މިންވަރު މަދުވެ، ހަށިގަނޑުގައި ލޮނު ޖަމާވުން މަދުވާ ކަމަށް ވެއެވެ.
އެހެންކަމުން ހަށިގަނޑު ލުއި ކުރުމަށް އެދޭ ފަރާތްތަކަށް ޒުމްބާގެ އިތުރުން އެހެން ޑާންސް ސްޓައިލްތައްވެސް ބޭނުންކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެމީހުންނަށް އެންމެ ގަބޫލުކުރެވޭ ޑާންސްގެ ސްޓައިލެއް ހިޔާރުކުރާށެވެ. އޭރުން ކަސްރަތު ކުރާހެން ހީނުވެ ހަށިގަނޑަށް އެ ލިބިގެން ދަނީ ބޮޑު ފައިދާ އެކެވެ.
ޒުންބާ ފަދަ ޑާންސްތަކުގެ ފައިދާ ޒުންބާ ފަދަ ޑާންސްތަކުގެ ފައިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ