ސިޔާސީ މަގާމެއްހައި ހުރި މީހަކު ތަހުގީގަކަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން ވަގުތުން މަގާމުން ވަކިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްވަނީ މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގެންގުޅުމަށް ފުލުހުންނަށް އަންގަވާފައިވާކަން ހާމަކުރައްވަމުން ލުހުންގެ މުއައްސަސާއިން ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދަންޖެހޭ މުއައްސަސާއެއް ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ޔަގީންކުރުމަށްޓަކައި ތަހުގީގުތައް ހިންގުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުރި މީހަކު ތަހުގީގަކަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން ވަގުތުން މަގާމުން ވަކިކުރައްވާނެކަމަށެވެ.
ކުރީ ސަރުކާރުގައި އެކުލަވާލީ އަސްކަރީ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް މިހާރު ނެތްކަމަށް: ރައީސް ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ހުއްޓާނުލާކަމަށް ރައީސް ވިދާޅުވެއްޖެ މިއަހަރާއި އަންނަ އަހަރު ޖުމްލަ 2130 މަޝްރޫއެއް ކުރިއަށް ގެނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ