ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އުފާލާފައިވާ ދައުވާއާ ގުޅިގެން މައްސަލަ ނުނިމި ދިގުލައިގެން ދާތީ ކަންބޮޑުވުން ފާޅު ކުރައްވާ އެ މައްސަލަ ވީހާވެސް އަވަހަށް ނިންމައި ދިނުމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން އެދިވަޑައިގެންފި އެވެ.
ނިޝާންގެ އިތުރުން މި މައްސަލާ ގައި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ.
މި މައްސަލާ ގައި ދެ ޝެއިޚުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އެވެ.
Advertisement
މި މައްސަލާގެ އަޑުއެހުމެއް މިއަދު އޮތެވެ. އަޑުއެހުމެއް މި ބޭއްވީ އަހަރު ދުވަސް ފަހުންނެވެ. އެކަމާ ޝެއިހް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
"ދަމަކުން ބަޑިއެއް ޖަހާހެން، އަހަރަކު 1 ފަހަރު އަޑުއެހުން ތާވަލު ކުރުމުގެ ބަދަލުގައި މިމައްސަލަ ވީހާވެސް އަވަހަށް ކުރިޔަށް ގެންގޮސްދިނުމަށް ޖުޑިޝަރީއަށް ގޮވާލަން,"
މިއީ އެއްވެސް އަސަލެއް ނެތް ބާތިލު ދައުވާއެއްކަން ސާބިތުކޮށްދޭން ހުންނެވީ ވަރަށް ތާބިތު ކަމާއެކު ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ. ދައުވާ އުފުލާފައި އޮތުމުން ކޯޓުން ހުއްދަ ލިބިގެން ނޫނީ ރާއްޖެއިން ބޭރަށްވެސް ނުދެވޭކަން ފާހަގަ ކުރައްވާ ޝެއިހް ވިދާޅުވީ މިދައުވާ 5 އަހަރު ނުވަތަ 10 އަހަރަށް ދިގުލައިގެން ދިޔަޔަސް، ހައްގުތަކުން މަހްރޫމްވެފައި ތިބޭނީތޯ ވަނީ ސުވާލު ކުރައްވާފަ އެެވެ.
"މިއީ ކިހާބޮޑު އަނިޔާއެއްތޯ. މި ސަރުކާރު އައިސް، އައު ޕީޖީއެއް އައްޔަނުކޮށް، މުރާޖައާ (ރިވިއު) ކުރަން ބޭނުންވާ މައްސަލަތައް ހުށައެޅުމަށް ހުޅުވާލުމުން، އެކަމަކަށް ހުށައަޅައިގެން އަދިވެސް މައްސަލައިގާ އެއްވެސް ހަބަރެއް ނުވޭ,"
ޝެއިހް ވަނީ އެކަމުން އަވަހަށް ސަލާމަތް ކޮށްދެއްވާ މިންޖުކޮށްދެއްވުން އެދި ދުއާކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ މި މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާ މުރާޖާ ކޮށް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ނިންމާފަ އެވެ.
މިއީ ކިހާ ބޮޑު އަނިޔާއެއް، ވީހާވެސް އަވަހަށް މައްސަލަ ނިންމައިދީ: ޝެއިހް ނިޝާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ