ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހި އިފުތިތާހުކޮށްފި
ވިޔަފާރިވެރިންނާއި ޚިދުމަތްދޭ އިދާރާތައް ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން"ގެ ފުރަތަމަ ފިޔަވަހި މިއަދު ލޯންޗުކޮށްފިއެވެ. ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އިފުތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. ޓްރޭޑިއަންއަކީ ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މިއީ އިކޮނޮމިކް މިނިސްޓްރީއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޓްރޭޑިއަން ޕްލެޓްފޯމުގެ ފުރަތަމަ ފޭސް ލޯންޗުކުރުމަށްފަހު "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ ޕްލެޓްފޯމުގެ ބެލެނިވެރި ކުންފުނި ޓްރޭޑްނެޓް މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަހްމަދު ޝަމްއޫން ވިދާޅުވީ، ޓްރޭޑިއަންއަކީ ރާއްޖޭގެ ބޯޑަރުގައި ހިނގާ އިމްޕޯޓު އެކްސްޕޯޓު ހަރަކާތްތައް ޑިކްލަޔާ ކުރުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން ޓްރޭޑިއަން ބެހެނީ ދެ ފޭސް އަކަށް ކަމަށާއި މިއަދު ލޯންޗުކުރެވުނީ ފުރަތަމަ ފޭސް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓްރޭޑިއަންއިން މިވަގުތު ޚިދުމަތް ހޯދަނީ ޝިޕިން އެޖެންޓްސް އަދި ފްރައިޓް ފޯވާޑާސްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފޭސް ވަންގައި ބައިވެރިވާ މައިގަނޑު އިދާރާތަކަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެމްޕީއެލް އަދި ޓްރާންސްޕޯޓް މިނިސްޓްރީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވިޔަފާރިވެރިންނާއި ޚިދުމަތްދޭ އިދާރާތައް ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން"ގެ ފުރަތަމަ ފިޔަވަހީގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ގިނަ ޚިދުމަތްތަކެއް ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރީން ވަނީ ބުނެފައެވެ. ފުރަތަމަ ފިޔަވަހީގައި ދޭނެ ޚިދުމަތްތަކަކީ: ޓްރޭޑްނެޓް މޯލްޑިވްސް ކޮޕަރޭޝަން - ސިސްޓަމް އޮޕަރޭޓުކުރުން މޯލްޑިވްސް ކަސްޓަމް ސާވިސް - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން ޑިފެންސް މިނިސްޓްރީ - ކެމިކަލް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން، އަލިފާން ނިއްވާ ތަކެތި އަދި މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން އިކޮނޮމިކް މިނިސްޓްރީ - ބަނގުރަލާއި އޫރު މަސް އެތެރެކުރުމުގެ ހުއްދަ ދޫކުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ - ކޮންސްޓްރަކްޝަން މެޓީރިއަލް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން, މުދާ އުފުލުން، ގޭޓުތައް ބެލެހެއްޓުން ޓޫރިޒަމް މިނިސްޓްރީ - ޑިއުޓީ ލުއިކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީ - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން އިމިގްރޭޝަން - އުޅަނދު ޑިކްލަރޭޝަން ޕޯޓް ހެލްތު - އުޅަނދު ޑިކްލަރޭޝަން އެމްއެންޑީއެފް - އުޅަނދު ޑިކްލަރޭޝަން ޕްރައިވެޓް ސެކްޓާ - އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރު (އީޑީއޯ) https://sun.mv/196482 މިއަދު ވަނީ ޓްރޭޑް ނެޓްގެ ޕެލްޓްފޯމެއް ކަމަށްވާ "ވަންގަވް"ގެ ދެވަނަ ވާޝަން ވެސް ނެރެފައެވެ. މި ވާޝަންއަށް ކިޔަނީ "ވަންގަވް 2.0"އެވެ. "ވަންގަވް2.0"އިން އިތުރު ޚިދުމަތްތަކެއް ލިބޭނެކަމަށް ޝަމްއޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ