ކާޕެންޓަރުގެ މަގާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަގާމަށް 20 މުވައްޒަފުން ބޭނުންވެ އެވެ. މިއާއެކު ހުރިހާ ވަޒީފާތަކަށް މުޅި ޖުމްލަ 60 ކެންޑިޑޭޓުން ބޭނުންވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ މަޝްރޫއު ހިންގާ އެއް ކުންފުންޏަކީ އަބަދުވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެހެންވެ ދިވެހި މުވައްޒަފުންގެ ވަޒީފާގެ އެންމެ ބޮޑު "ފޯހެއް" އޮތީ ވެސް އެ ކުންފުނީގަ އެވެ. އެންމެ ގިނަ ފުރުސަތު ފަހިކޮށް އޮންނަނީ ވެސް އެ ކުންފުނީގަ އެވެ. މި ހުރިހާ ފުރުސަތު ތަކެއް އޮތް ކުންފުނިން މިވަނީ އަނެއްކާ ވެސް ދިވެހި ޒުވާނުންނަށް އިތުރު ފުރުސަތު ތަކެއް ހުޅުވާލާފަ އެވެ. އެމްޓީސީސީ އިން މިވަނީ ދިވެހި ޒުވާނުންނަށް 60 ވަޒީފާގެ ފުރުސަތު ހުޅުވާލާފަ އެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ ޕްރޮޖެކްޓް ތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއްވެފައިވާ ކަމަށެވެ. މުވައްޒަފުން ހޯދަމުން މިދަނީ ތިން މަގާ ކަމަށެވެ. އެގޮތުން އެއީ ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް 20 މުވައްޒަފުން ހޯދާއިރު، ކާޕެންޓަރުގެ މަޤާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަޤާމަށް 20 މުވައްޒަފުން ބޭނުންވެ އެވެ. މިއާއެކު ހުރިހާ ވަޒީފާތަކަށް މުޅި ޖުމްލަ 60 ކެންޑިޑޭޓުން ބޭނުންވެ އެވެ.
ޓެކްނިކަލް އެސިސްޓެންޓް
އަސާސީ ތަޢުލީމް ހާސިލްކޮށްފައިވުން
ކާޕެންޓަރު އަދި މޭސަން
ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންމުސާރައާއި އިނާޔަތްތައްޓެކްނިކަލް އެސިސްޓެންޓް10،000 ރުފިޔާއިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާސްޓާފް މެޑިކަލް އިންޝުއަރެންސްޕެންޝަން ސްކީމްކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދެވޭނެ
ކާޕެންޓަރު
11،400 ރުފިޔާއިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާސްޓާފް މެޑިކަލް އިންޝުއަރެންސްޕެންޝަން ސްކީމްކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދެވޭނެވަޒިފާ އަދާކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅައި ސައިޓެއްގައި
މޭސަން
11،400 ރުފިޔާއިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާސްޓާފް މެޑިކަލް އިންޝުއަރެންސްޕެންޝަން ސްކީމްކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދެވޭނެ
އެޕްލައި ކުރާނެ ގޮތް - އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާނެއެވެ. (MTCC | Careers) މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 23:59ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ވަޒީފާއެއް ބޭނުން ތަ؟ އެމްޓީސީސީން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ