ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރުމަށް މިއަދު މެންދުރު އެގްރިކަލްޗާ މިނިސްޓްރީގެ އޮފީސްތަކަށް ވަދެ ހަރަކާތްތެރިވަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމުން ވަރަށް ގިނަ ލިޔެކިޔުން ގެންގޮސްފި އެވެެ.
އޭސީސީއިން ތަހުގީގު ކުރަނީ އެގްރިކަލްޗާ މިނިސްޓްރީގެ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން އަދި ނުބުނެ އެވެ. މި ނޫހުން މިނިސްޓަރު މަރިޔަމް މާރިޔާ އަށް ގުޅުމުން ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ތަފުސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް، ތަހުގީގު ކުރަމުންދާ މައްސަލައިގައި އޭސީސީއަށް ދޭންޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށް މާރިޔާ މިއަދު ވިދާޅުވި އެވެ.
މި ސަރުކާރުން ހިންގާ ވަރަށް ގިނަ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ދެކޮޅު ހަދަމުންދާ ކަމުގެ ތުހުމަތު އަމާޒުވެފައި އޮއްވައި އޭސީސީއިން އަންނަނީ ކުރީ ސަރުކާރާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އެގޮތުން އެމްޓީސީސީ އަދި ފެނަކައިގެ މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ސަރުކާރާ ގުޅޭ މައްސަލަތައް ނުބަލާކަމުގެ ތުހުމަތު އަމާޒުވެފައި އޮއްވައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، އެ ކޯޓު ހުއްޓުވުމަށް އޭސީސީއިން ވަނީ އެހީތެރިކަން ދީފަ އެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްސަލަތަކެއް ފަނޑިޔާރަކު ވަނީ އޭސީސީ އަދި ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ދެ އިދާރާއިން ވެސް ނިންމީ އެ މައްސަލަތައް ނުބެލުމަށެވެ.
އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް މާރިޔާ އައްޔަން ކުރީ ޑިސެމްބަރު، 2024، ގައި ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރީ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވި އަލީ ހައިދަރެވެ. އޭގެ ފަހުން ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލީ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ވަރަށް ގިނަ ލިޔެކިޔުން އޭސީސީއިން ގެންގޮސްފި އެގްރިކަލްޗާ މިނިސްޓްރީގެ ވަރަށް ގިނަ ލިޔެކިޔުން އޭސީސީއިން ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ