އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ރޭވިކަމަށާއި، އެކަން ހުއްޓުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައިވާގޮތުގައި އިރާނުގެ އިސް ލީޑަރު ހާމަނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުއްޓުވާފައެވެ.
ރޮއިޓަރސް ނިއުސް އޭޖެންސީން ދެ އެމެރިކާ އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ދާދިފަހުން އިސްރާއީލީ އިސްވެރިން ވަނީ ހާމަނާއީ އަވަހާރަކޮށްލުމުގެ ފުރުސަތެއް ލިބިފައިވާކަން އެމެރިކާއަށް އަންގާފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް އިންކާރުކޮށްފައިަކަމަށް އެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ބުނެފަވެއެވެ.
އެމެރިކާގެ ނަން ހާމަނުކުރާ އިސްވެރިއެއްގެ ބުނެފައި ވަނީ އީރާނުން އެމެރިކާގެ ރައްޔިތަކު މަރާނުލާހާ ހިނދަކު، އީރާންގެ ސިޔާސީ ލީޑަރޝިޕްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓްރަމްޕް ވަނީ ނިންމަވާފައެވެ.
މި މައުލޫމާތުގެ ސައްހަކަން ސީއެންއެން، އެސޯސިއޭޓެޑް ޕްރެސް، ސީބީއެސް ނިއުސް އަދި އެންބީސީ ނިއުސް ފަދަ ނަން މަޝްހޫރު މީޑިއާތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުގެ ހަމަލާތައް ރޭ ވެސް އީރާނަށް އަމާޒުވެފައިވާއިރު ރައްދުގައި އީރާނުން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދީފައެވެ. އިސްރާއީލްގެ ސިފައިން އީރާނުގެ ވެރިރަށް ތެހެރާނަށް ބޮން އެޅުމަށްފަހު ގަޑިއިރުތަކެއް ފާއިތުވުމަށްފަހު، އީރާނުން އިސްރާއީލަށް އައު ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތަކުގައި ތެލް އަވީވުގައި މަދުވެގެން 3 މީހުން މަރުވެފައިވާ އިރު، ބަނދަރު ސިޓީ ހައިފާއަށްވެސް ހަމަލާ ދީފައިވެއެވެ.
އިސްރާއީލްގެ ހަމަލާތަކުގެ ސަަބަބުން އީރާނުގައި ޝަހީދުވި މީހުންގެ އަދަދު 224 އަށް ވަނީ އަރާފައިވެއެވެ. މީގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އާދީއްތަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިންޓެލިޖެންސް ވެރިޔާއާއި އިތުރު ދެ ޖެނެރަލުން ވެސް ޝަހީދުވެފައި ވެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ހުއްޓާލުމުން އީރާނުގެ ޖަވާބު ހަމަލާތައްވެސް ހުއްޓާލާނެ ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ޕްލޭންކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ