ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ގާނޫނާއި ޚިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވިގެން އަތުލައިގަތީ ޝްރީލަންކާއަށް ނިސްބަތްވާ ދެ ބޯޓުކަމަށެވެ. އެ މަސްބޯޓުތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނާ ހަވާލުކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަން ވަދެ އުޅޭ އެކި ގައުމުތަކުގެ ބޯޓުތައް މީގެ ކުރިން ވެސް އެމްއެންޑީއެފްއިން އަތުލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ