އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފި
އެމެރިކާ އިން އިސްވެ އިރާނަށް ހަމަލާދިނުމާ ގުޅިގެން ރައްދުގައި އިރާގާއި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދޭން ފަށައިފި އެވެ.މި ހަމަލާއަކީ އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ދިން ހަމަލާއެއް ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި ހަމަލާގެ ސަބަބުން ލިބިފައިވަ ތަފުސީލު އަދި އެނގިފައެއް ނުވެއެވެ.މި ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޤަޠަރުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފިއެވެ.ޤަޠަރުގެ ދޯހާގެ ދެކުނު-ހުޅަނގުގައި އޮންނަ 24 ހެކްޓަރު (60 އޭކަރު) ގެ އަލް އުދައިދު އެއާބޭސްއަކީ މެދުއިރުމަތީގައި އެމެރިކާގެ ސިފައިން ތިބޭ މުހިންމު އަސްކަރީ ބޭސްއެކެވެ. އަދި މި ސަރަހައްދުގައި އެމެރިކާގެ އޮޕަރޭޝަންތަކުގެ މައި މަރުކަޒެކެވެ.މި ބޭސްގައި 10,000 އަށްވުރެ ގިނަ އެމެރިކާގެ އަދި އިއްތިހާދީ ސިފައިން ތިބެ އެވެ. އަދި މިތަނަކީ ޔޫ.އެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ މައި އޮފީ ހެވެ.އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން ބުނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ އިތުރުން އިރާގުގެ ހުޅަނުގު ޕްރޮވިންސް އަލް އަންބަރުގައި އެމެރިކާ އިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަށް ވެސް އިރާނުން ހަމަލާ ދީފައިވާ ކަމަށެވެ.އެ ނިއުސް އެޖެންސީން ބުނީ އިރާނުން އެ ހަމަލާ ދިން އޮޕަރޭޝަނަށް ނަން ދިނީ "ބަޝާރަތު ފަތަހް" [ނަސްރު އަންނާނެ ކަމުގެ އުފާވެރިކަމުގެ ވައުދު] ގެ ނަމުގައި ކަމަށެވެ. އެ ހަމަލާ ދޭން ބޭނުން ކުރި ކޯޑަކީ "ޔާ އަބާ އަބްދުﷲ" އެވެ. އެއީ ހުސައިންގެފާނުގެ ނަންފުޅަށް ނިސްބަތްކޮށެވެ. ހުސައިންގެފާނުގެ އެއްދަރިކަލެއްގެ ނަންފުޅަކީ އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ