ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާއި އިރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަމްޕް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން އިރާނަށް ޖޫން 13 ވަނަ ދުވަހު ހަމަލާ ދޭން ފެށުމުން އިރާނުން ވެސް ދަނީ ރައްދު ހަމަލާ ދެމުންނެވެ. މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ، އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އޮޅުމުން، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ރޭ އިރާނުން ހަމަލާ ދިނެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާއި އިރާނުން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕު ވިދާޅުވީ ގަތަރުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދީފައި ވަނިކޮށެވެ.
ޓްރަމްޕު ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް އަމަލުކުރަން ފަށާނީ 24 ގަޑިއިރުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
ނަމަވެސް އިޒްރޭލް އަދި އިރާނުން ވެސް ހަނގުރާމަ ހުއްޓައިލިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އިޒްރޭލް-އިރާންގެ ހަނގުރާމަ ފެށިގެން އިރާނުން 13 ކުޑަކުދިން ހިމެނޭ ގޮތަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ، 3000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ 24 މީހުން ކަމަށް ބުނެ އެވެ.
ހަނގުރާމަ ހުއްޓާލަން އިޒްރޭލާއި އިރާނުން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ ހަނގުރާމަ ހުއްޓާލަން އިޒްރޭލާއި އިރާނުން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ