ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކުލަބު ފްރެންޑްސް އިން އުފުލާލައިފި

ހދ ނެއްލައިދޫގައި ބާއްވާ 'ނެއްލައިދޫ ކައުންސިލް' ކަޕްގެ ތަށި ޖެހިޖެހިގެން ހަތަރުވަނަ ފަހަރު ކުލަބް ފްރެންޑްސް އިން ކާމިޔާބުކޮށްފި އެވެ.
ނެއްލައިދޫ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރީ ކުލަބް ފްރެންޑްސް އާއި ކިންގް ސްޕިރިޓް އެވެ.
ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ އިނާމު ލިބޭ މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރި އެވެ. އެއީ ކުލަބް ފްރެންޑްސް، ކިންގް ސްފިރިޓް، ކުލަބް ރެފިއުޖީ، ނިކަސިޓީ ސްޕޯޓްސް ކުލަބް އަދި ކުޗީ އެފްސީ އެވެ.
މޮޅު ކުޅުންތެރިޔާ: އިބްރާހީމް މަހުދީ ހުސައިން - ފްރެންޑްސްމޮޅު ފޯވާރޑް: އިބްރާހީމް މަހުދީ ހުސައިން އުންމީދީ ކުޅުންތެރިޔާ: އަސްފާން - އެފްސީ  ފްރެންޑްސް  މޮޅު ކީޕަރު: ހަސަން ނަސްމަތު - ކިންގް ސްޕްރިޓްމޮޅު މިޑްފީލްޑަރ: ހުސެއިން ފައިސަލް - ކިންގް ސްޕްރިޓްމޮޅު ޑިފެންޑަރ: ހުސެއިން ހާޒިމް - ނިކަސިޓީ ސްޕޯޓްސް ކްލަބުމޮޅު ކޯޗު: އަބްދުލް ބާރީ ސްލައިމާން - އެފްސީ ފްރެންޑްސް ކޯޗު
މިއީ މި މުބާރާތް ބާއްވާތާ 13 ވަނަ އަހަރެވެ. މުބާރާތުގެ ރަނަރަފް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ