އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ؛ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި '12 ދުވަހުގެ ހަނގުރާމަ' ނިމުމަކަށް އަންނާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އެންމެންނަށް މަރުހަބާ! އިޒްރޭލާއި އީރާނުން މުޅި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ (މީގެ 6 ގަޑިއިރު ފަހުން، އިޒްރޭލާއި އީރާނުން މިހާރު ކުރިއަށްގެންދާ އެންމެ ފަހުގެ ހަރަކާތްތައް ނިމުމުން!)، 12 ގަޑިއިރަށް، އޭގެ ފަހުން ހަނގުރާމަ ނިމުނީ ކަމަށް ބެލެވޭނެ!"
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، "ރަސްމީކޮށް، އީރާނުން ހަނގުރާމަ ހުއްޓާލަން ފަށާނެ، އަދި 12 ވަނަ ގަޑިއިރުގައި، އިޒްރޭލުން ހަނގުރާމަ ހުއްޓާލާނެ، އަދި 24 ވަނަ ގަޑިއިރުގައި، 12 ދުވަހުގެ ހަނގުރާމައިގެ ރަސްމީ ނިމުމަށް ދުނިޔެއިން ސަލާމްދޭނެ. ކޮންމެ ހަނގުރާމަ ހުއްޓާލުމެއްގައި، އަނެއްފަރާތުން އޮންނާނީ ސުލްހަވެރިކަމާއި އިހްތިރާމާއެކު."
"ހުރިހާ ކަމެއް އޮންނަންވީ ގޮތަށް ދާނެކަމުގެ އުންމީދުގައި، އަޅުގަނޑު އުފަލާއެކު އިޒްރޭލަށާއި އީރާނަށް މަރުހަބާ ކިޔަން، '12 ދުވަހުގެ ހަނގުރާމަ' ނިންމުމުގައި ދެއްކި ހިތްވަރާއި، ކެތްތެރިކަމާއި، ބުއްދިވެރިކަމަށްޓަކައި،" ޓްރަމްޕް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ