މިޒަމާނުގައި ފިރިންނަށް ކިޔަމަންތެރިވުމުގެ ވާހަކަ ދެކެވިއްޖެނަމަ އެއްބައަކު މިބުނަނީ އެއީ އަނބިމީހާގެ ޙައްޤުތަކަށް އަރައިގަނެ ޙައްޤުތައް ނިގުޅައިގަތުން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އެހެން އޮތްކަމެއް ނޫނެވެ. އަނބިމީހާއަށް އޮތީ ﷲ ތަޢާލާއަށް އުރެދުމެއްވާކަމެއްގައި މެނުވީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. އަދި އެޢަމަލު ލައްވަވާފައިވަނީ އެކަނބުލޭގެއަށް ސުވަރެގެ ދެއްވަވާނެ، ނުވަތަ ސުވަރުގެ ވައްދަވާނެ ޢަމަލެއް ކަމުގައެވެ.
އެހެނި ޙަދީޘްފުޅުގައި ވަނީ "ފަރުޟު 5 ނަމާދުކޮށް ރަމަޟާންމަހު ރޯދަހިފައި އެނާގެ ޢިއްފަތްތެރިކަން ރައްކައުތެރިކޮށް އަދި ފިރިމީހާއަށް (އަބަދުވެސް) ކިޔަމަންތެރިވެއްޖެ އަންތބަކު ސުވަރުގެ ވައްދަވާނެ ކަމަށެވެ. އަންނަނިވި ޙަދީޘްފުޅުތަކަށްބަލާށެވެ.
The Prophet (ﷺ) said: "If a woman prays her five prayers, fasts her month (Ramadan), guards her chastity, and obeys her husband (always) she will enter Jannah." (Bukhari)
The Prophet (ﷺ) was asked: "Which of women is best?" He said: “The one who makes (her husband) happy when he looks at her, obeys him when he tells her to do something, and does not disobey him with regard to herself or her wealth in a way that he dislikes.” (Nasaai)
"އަބަދުވެސް" ކިޔަމަންތެރިވުމަކީ ﷲ ތަޢާލާއަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައިވެސް ކިޔަމަންތެރިވުމެވެ. ހަނދާންކޮށްލަންވީ ﷲ ތަޢާލާއަށް އުރެއްދުމެއްވާ އެއްވެސް ކަމެއްގައި މައިންބަފައިންނަށްވެސް ކިޔަމަންތެރިވާން ނުޖެހޭނެ ކަމެވެ.
ހަމައެޢާއިއެކު އެކަނބުލޭގެގެ ޢިއްފަތްތެރިކަން ފައްކައުތެރިކުރުންވެސް މިއޮތީ ޙަދީޘްފުޅުގައި ޝަރުޠުކުރައްވަވައިފައެވެ. އެއީ ކޮންމެހެން ފިރިމީހާއަށްޓަކައެއްވެސް ނޫނެވެ. އެކަމަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާތީއެވެ.
ނަސާއީގެ ޙަދީޘްފުޅުގައި އެވަނީ ފިރިމީހާއަށް ކިޔަމަންތެރި އަންތބަކީ އެންމެ މަތިވެރި އަންހެނާ ކަމުގައެވެ.
މިފަދަ އެތައް ޙަދީޘްފުޅުތަކެއް ފެންނަންހުރިއިރު އެ ޙަދީޘްފުޅުތައް ބޮލާލައި ޖަހައި އިންސާނުން އަމިއްލައަށް އުފައްދާ ޙައްޤުތަކުގެ މައްޗަށް ވަކާލާތުކޮށް އަދި ޢަމަލުކުރުމުން އެޢަމަލުކުރެވެނީ އިސްލާމްދީނުގައި ބަޔާންވެގެންވާ ގޮތަކަށް ނޫނެވެ. އެދެވެނީ ސުވަރުގެ ޙާޞިލުކުރެވުމާއި މުޅިން ދުރަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެކަންކަން ކޮށްފި ކޮންމެ އަންހަނަކަށްވެސް ސުވަރުގެ ލިބޭނެކަން ޙަދީޘްފުޅުން ޔަޤީންވާ ހަތަރު ކަންތައް- ކުރަންވެސް ވަރަށް ފަސޭހަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ