ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރިވައިވަލް އޭދަފުށިން ގިނަ މެޑަލްތަކެއް ހޯދައިފި އެވެ.
މި މުބާރާތުގައި ރިވައިވަލްގެ 13 އެތުލީޓުން ވާދަކޮށް 13 މެޑަލް ވަނީ ހޯދައިފަ އެވެ. އެ ގޮތުން، މި މުބާރާތުގައި ރިވައިވަލްގެ އެތުލީޓުން ވަނީ ހަ ރަން މެޑަލް ދެ ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.
އެގޮތުން ނުވަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ރިވައިވަލްގެ އިޒްޔާން ޝާފީ އަލީ ހޯދިއިރު، ދެވަނަ އަށް ދިޔައީ، އާން އިބްރާހީމް ޝަހީދު އެވެ.
މީގެ އިތުރުން 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަން އާނާ އިބްރާހީމް ޝަހީދު އާއި ލީނާ އަލީ ޝަފީގް ޕެއާ އިން ވަނީ ހޯދައިފަ އެވެ.
މީގެ އިތުރުން 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން އީލާފް މުހައްމަދު އިކްރާމް ހޯދިއިރު، 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލާރާ މުހައްމަދު ލަތީފް ވަނީ ހޯދައިފަ އެވެ. އަދި 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ލާރާގެ ޕެއާ އިން ވަނީ ހޯދައިފަ އެވެ.
މީގެ އިތުރުން 11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ ލޯ މެޑަލް ހޯދީ ރިވައިވަލްގެ އަހުމަދު އަޒާން އަޒްމަތު އަބްދުލް ރަޝީދު އާއި ނަސްރުالله ބިން އަޒްލީފްގެ ޕެއާ އެވެ.
މީގެ އިތުރުން 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ލޯ މެޑަލް ހޯދީ އިލްވާ އަބްދުالله ޒައީމް އެވެ.
ރިވައިވަލް އޭދަފުށިން ބުނީ ކާމިޔާބު މުބާރާތެއް އެ ކްލަބްގެ އެތުލީޓުން ނިންމާލީ، ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށެވެ. އަދި އެކަމަށް ބެލެނިވެރިންނަށް ޝުކުރުއަދާ ކުރާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ނައިފަރު އޯޕަން މުބާރާތުން ރިވައިވަލް އޭދަފުށި އަށް ބޮޑު ކާމިޔާބީ އެއް ނައިފަރު އޯޕަން މުބާރާތުން ރިވައިވަލް އޭދަފުށި އަށް ބޮޑު ކާމިޔާބީ އެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ