މިއަދު ހިންގި ރެއިޑުގައި 25 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މިނިވަން ދުވަހުގެ ބަންދަށް ފަހު، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 25 ބިދޭސިއަކު އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނީ، ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކޮމޮޑޭޝަން ބްލޮކެއް މިއަދު ހެނދުނުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. https://x.com/ImmigrationMV/status/1950876858402443327 އެ ތަންތަން ބަލައި ފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ 25 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ޚިދުމަތުން ބުންޏެވެ. މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި ބިދޭސީން އުޅެނީ ގަވައިދަށްތޯ ބަލައެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ގަވައިދަށް އުޅުމަށް ފުރުސަތު ދެއެވެ. ނުވަތަ އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދެއެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އެ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ