މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް 169 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އުރީދޫން މިއަދު އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ދެވަނަ ތިން މަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 174 މިލިއަން ރުފިޔާއާ އަޅާބަލާއިރު %3 ދަށް އަދަދެކެވެ.
ތަފްސީލް - އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ލިބުނު ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ދަށް ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަހު އުރީދޫއަށް ލިބުނު ސާފު ފައިދާ ވަނީ %0.5 އިތުރުވެފަ އެވެ.
އެގޮތުން
މި އަހަރުގެ ފުރަތަމަ ހަ މަހު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 338 މިލިއަން ރުފިޔާ ލިބުނު
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 336 މިލިއަން ރުފިޔާ
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 539 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަަހަރުގެ އެ މުއްދަތުގައި ލިބުނީ 541 މިލިއަން ރުފިޔާ އެވެ.
މޮބައިލް ހިދުމަތްތަކުން ދެވަނަ ކުއާޓަރުގައި ލިބުނީ 399 މިލިއަން ރުފިޔާ
ފިކްސްޑް ބްރޮޑްބޭންޑު އަދި އެންޓަޕްރައިޒް ހިދުމަތްތަކުން ދެވަނަ ކުއާޓަރުގައި 139 މިލިއަން ރުފިޔާ ލިބިފައިވޭ
ބުނީ ކީކޭ؟ - އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެ ކުންފުނިން އިނޮވޭޝަން އަދި ސަސްޓެއިނަބަލް ގްރޯތުގެ ދާއިރާއިން ގިނަ އިންވެސްޓުމެންޓުތަކެއް ކުރި ކަމަށެވެ.
އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 20 އަހަރު ވީއިރު، އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ވަނަ ކުއާޓަރުގައި އުރީދޫއަށް 169 މިލިއަން ރުފިޔާގެ ފައިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ