އިރުމަތި ފަރާތު ގިރާ ސަރަހައްދު ހިމާޔާތްކުރަން ސިޓީ ކައުންސިލުން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ) ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުވެފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ސިޓީ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްގެންދާ މަޝްރޫއުތައް ރައްޔިތުންނާ ހިއްސާކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ޗައިނާގައި ބޭއްވި، އެމްސީއާރު 2030 ގެ ކޮންފަރެންސްގެ ތެރެއިން އޭޑީބީއަށް ޕްރޮޕޯސަލެއް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
އަދި އެ ފުރުސަތުގައި ސިޓީ ކައުންސިލުން ޕްރޮޕޯސަލް ހުށަހެޅީ އިރުމަތި ފަރާތް ގޮނޑުދޮށުގައި ހިމާރާތްކޮށް ރިވެޓްމަންޓް ޖަހަން ކަމަށެވެ.
އާތިފް ވިދާޅުވީ، އެ ޕްރޮޕޯސަލް މިހާރު އެޕްރޫވްކޮށް ސާރވޭގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.
ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު އާތިފް ވާހަކަދައްކަވަނީ--ފޮޓޯ: ސިޓީ ކައުންސިލް
އޭޑީބީ އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) ގެ މޭކިންގ ސިޓީސް ރެޒީލިއަންޓް 2030 (އެމްސީއާރު 2030) ގެ ދަށުން ކުރިއަށްގެންދާ ސިޓީތަކުގެ ތަޖުރިބާ ބަދަލުކުރުމުގެ ފޯރަމުގައި ސިޓީ ކައުންސިލުން ބައިވެރިވެވަޑައިގެންނެވީ މޭޔަރު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ. މި ކޮންފަރެންސް ކުރިއަށްގެންދިޔައީ 2024 ވަނަ އަހަރުގެ ޖުލައިމަހު 28 – އޯގަސްޓް 8 ވަނަ ދުވަހު ޗައިނާގެ ނަންނިންގ ސިޓީގަ އެވެ.
ރަށުގެ އިރުމަތި ފަރާތް ގިރާ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރީގެ ސަރުކާރާއި މިސަރުކާރުގެ ވެރިންގެ އަރިހުންވެސް އެދިފައިވެ އެވެ. އަދި ކަމާ ގުޅުން ހުރި މިނިސްޓަރުން ރަށަށް ވަޑައިގަތުމުން އެ ސަރަހައްދަށް ގެންގޮސް ހާލަތު ދައްކާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.
އިރުމަތި ފަރާތް ގިރާ މައްސަލަ ހައްލުކުރަން އޭޑީބީއަށް ސިޓީ ކައުންސިލުން ޕިޗްކުރި ޕްރޮޖެކްޓް ކާމިޔާބުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ