ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަރަކައިގެ ބިރުވެރިކަމުގެ ވާހަކައަކީ ދައްކައި ކޮޅުންލާން އޮތް ވާހަކަތަކެއް ނޫނެވެ. މަޙްޝަރު މައިދާނުގައި މީސްތަކުން ތިބޭ ވަގުތު ނަރަކަ އައިސް ޖަހައިގަންނަން މަސައްކަތްކުރާ މީހުންގެ ތެރޭގައި ނުހިމެނޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! މިއީ އެކަމަށް މަސައްކަތްކުރުމަށް އެންމެ ހަމައެކަނި ފުރުޞަތެވެ. އެހެނީ އެފުރުޞަތު އޮތީ ދުނިޔޭގައި ހުރެވޭއިރު އެކަންޏެވެ.
ބައެއް މީހުންނަށް ﷲ ތައާލާގެ ސިފަފުޅުތަކުގެ ތެރެއިން ނެގެނީ އެމީހަކު އެންމެ ބޭނުންވާ ސިފަ ފުޅެކެވެ. އެހެންކަމުން އެންމެންވެސް ދައްކާނީ އެންމެ އޯގާތެރިވަންތަ، އެންމެ ރަޙުމް ކުރައްވަވާ، އެންމެ ދީލަތިވަންތަ، އެންމެ ގިނައި ފާފަ ފުއްސަވައި ދެއްވަވާ، ރަސްކަލާނގެ ފަދަ ސިފަފުޅުތަކެވެ. އެމީހުންނަށް ނުވިސްނެނީ ﷲ ތައާލާ އީ ހަމަ އެ ސިފަފުޅުތަކާއިއެކު، އިންސާފަށް ލޯބި ކުރައްވަވާ، އަދުލަށް ޙުކުމް ކުރައްވަވާ، ފާފަކޮށް ތައުބާ ނުވާ މީހުންނަށް ގަދަފަދަ އަޒާބު ދެއްވަވާ ރަސްކަލާނގެކަމެވެ.
ތިމަން ﷲ އަށް އީމާންވީ މީހުންނަށް ސުވަރުގެ ދެއްވަވައި ގިނަގުނަ ނިޢްމަތްތައް މިންވަރު ކުރައްވަވާނެކަން ބަޔާން ކުރެއްވެވުމާއިއެކު ތިމަން ﷲ އަށް އިމާން ނުވި މީހުންނަށާއި އިމާންވުމަށްފަހު ފާފަތައްކޮށް ތައުބާ ނުވި މީހުންނަށް ނަރަކަ ހުރިކަމާއި ނަރަކައިގެ ޢަޒާބުގެ ގަދަފަދަކަން ﷲ ތައާލާ ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
ޤިޔާމަތް ދުވަހު ނަރަކަ އޮންނާނީ އިންތިހާއަށް ބަނޑުހައިގެންފައެވެ. އެ ބަނޑު ފުރުމަށްޓަކައި ބޭނުންވާނެ ކާނާއަކީ އެ ނަރަކައަށް އަޅަން ޖެހޭ އިންސާނުންނެވެ. ދެން އިންސާނުން އެތަކެއްޗަށް އަޅުކަންކޮށް އުޅުނު ހިލަތަކެވެ. ބުދުތަކާއި އެހެނިހެން ތަކެއްޗެވެ. ނަރަކަ މީސްތަކުންނާއި ކައިރިކުރެވޭ ހިނދު ނަރަކައިގެ ތެރެއަށް މީސްތަކުން ދަމައިގަންނަން ބޭނުންވެގެން ނަރަކަ ތެޅި ފޮޅެނީ އެހެންވެގެންނެވެ.
މީސްތަކުންނޭވެ! ﷲ ތައާލާގެ ނިޢްމަތްތަކަށް އެދޭ ފަދައިން ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ. ނަރަކައިން ސަލާމަތްކުރެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ. ރަމަމާން މަސް ފެށުމާއިއެކު ނަރަކައަށް މީހުން ވައްދަވަން ހުރި ދޮރުތައް ވަނީ ބަންދުކުރައްވަވާފައި ކަމާއި ސުވަރުގޭގެ ދޮރުކޮޅުތައް ވަނީ ހުޅުއްވައިލައްވާފައިކަން އެބައެނގެއެވެ. މިކަންކަން ނުއެނގޭ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ﷲ ގެ ގަދަފަދަ ޢަޛާބަށާ ނަރަކައަށް ވަންނަންޖެހިދާނެ ކަމަށް ހިތުގަ ބިރުވެތިކަން އިތުރުކުރަން ބޭނުންވާ މީހާ ވިސްނާލުމުން ފައިދާކުރާނެ ބައެއް ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ