މެންޗެސްޓާ (ޖޫން 24) - އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ބްރެންޓްފޯޑުގެ ފޯވާޑު ބްރިއަން އެމްބުއޭމޯ، ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ދެވަނަ ބިޑެއް ކޮށްފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި، ޔުނައިޓެޑާ ގުޅުމަށް ތައްޔާރަށް ހުރި އެމްބުއޭމޯ، 25، ގަތުމަށް ޔުނައިޓެޑުން މިފަހަރު ކޮށްފައިވަނީ 81 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއްގެ ބިޑެކެވެ. ޔުނައިޓެޑުން ފުރަތަމަ ކުރި 75 މިލިއަން ޑޮލަރުގެ ބިޑު ބްރެންޓްފޯޑުން އަނބުރާ ފޮނުވާލި އެވެ.
ބްރެންޓްފޯޑުން ފުރަތަމަ އެމްބުއޭމޯ އަގުކުރީ 68 މިލިއަން ޑޮލަރަށެވެ. ނަމަވެސް ޔުނައިޓެޑުން 84 މިލިއަން ޑޮލަރަށް ވުލްވްސް އިން ބްރެޒިލް ގައުމީ ޓީމުގެ ފޯވާޑް މަޓެއުސް ކޫންޏާ ގަތުމާއެކު އެ ކްލަބުން އެމްބުއޭމޯ ވެސް އެ އަގާ ގާތްކުރާ އަގަކަށް ނޫނީ ނުވިއްކާނެ ކަމަށް ވަނީ ބުނެފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން މިފަހަރު ކުރި ބިޑު ބްރެންޓްފޯޑުން ބަލައިގަތުން ގާތެވެ. ކުޅުންތެރިޔާ ވެސް ދަނީ އެކަމަށް ބާރުއަޅަމުންނެވެ.
އިނގިރޭސި މީޑިއާ "ދި އެޓްލެޓިކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބުއޭމޯ، 25، ޔުނައިޓެޑާ ގުޅެން ބޭނުންވެ އެވެ. އޭނާ އެ އެގޮތަށް ނިންމީ އޭނާގެ ސޮއި ހޯދުމަށް އާސެނަލް، ނިއުކާސަލް އަދި ޓޮޓެންހަމް އިން ވެސް މަސައްކަތް ކުރަމުންދަނިކޮށެވެ.
ނަމަވެސް، ނިންމުމަށް ފަހު ބްރެންޓްފޯޑުގެ ކޯޗު ތޯމަސް ފްރޭންކް ޓޮޓެންހަމް އާ ގުޅުމުން އެމްބުއޭމޯ އެ ޓީމަށް ގުޅިދާނެ ކަމަށް ބެލެވުނެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން އެމްބުއޭމޯ އަދިވެސް ބޭނުންވަނީ ޔުނައިޓެޑާ ގުޅޭށެވެ.
އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް އެމްބުއޭމޯ ނިމިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް ވިހި ގޯލު ޖަހައިދީ އަށް އެސިސްޓު ކޮށްދިނެވެ. މިއީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. ފްރާންސުގެ ޓްރޮއީސް އިން 2019، ގައި ބްރެންޓްފޯޑާ ގުޅުނު އެމްބުއޭމޯ އަކީ އެ ކްލަބުގައި މިހާރު ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައި ވެފައި ނުވާ ޔުނައިޓެޑާ ގުޅެން އެމްބުއޭމޯ ނިންމީ ކްލަބުން އޭނާއާ ހިއްސާކުރި، ކްލަބުގެ ޕްރޮޖެކްޓު ކަމުގޮސްގެން ކަމަށް އެތުލެޓިކުން ބުނެ އެވެ. އޭނާ ގަތުމަށް ޔުނައިޓެޑުން ބިޑުކުރަން ތައްޔާރުވަމުންދާއިރު، އެމްބުއޭމޯ ވެގެންދާނީ މި އަހަރުގެ ހޫނު މޫސުމުގައި ޔުނައިޓެޑުން ގަންނަ ދެވަނަ ކުޅުންތެރިޔާ އަށެވެ.
އެމްބުއޭމޯ ގަންނަން ޔުނައިޓެޑުން 81 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހަޅައިފި އެމްބުއޭމޯ ގަންނަން ޔުނައިޓެޑުން 81 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ