ގެ ހަދަން %5 އިންޓަރެސްޓުގެ ލޯނު ދޫކުރަން ބީއެމްއެލްއާ އެކު ސޮއިކޮށްފި

'ހިޔާވެހި' ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ތަފްސީލް - މި އެއްބަސްވުމަކީ، ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ތިބި މީހުންނަށް %5 އިންޓްރެސްޓުގައި ލޯނު ދޫކުރުމުގެ ވައުދުގެ ދަށުން ލޯނު ދޫކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް މިއަދު ވިދާޅުވީ މި ސްކީމުގެ ދަށުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ ކަމަށެވެ. ބޭންކަށް އެޕްލިކޭޝަން ލިބޭތާ ދެ ހަފްތާ ތެރޭ އިވެލުއޭޝަން ނިންމައި މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
'ހިޔާވެހި'ގެ ނަމުގައި މި ލޯނުތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން'އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.
ލޯނު ދޫކުރާ ތިން ކެޓަގަރީ:
ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ