ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނައަށް ބޮޑު ކުރަނީ

ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000 ރުފިޔާ އެވެ. މި އިނާޔަތް ދެ ގުނައަށް ބޮޑު ކޮށްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދު ފުޅެކެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށްދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނައަށް ބޮޑު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000 ރުފިޔާ އެވެ. މި އިނާޔަތް ދެ ގުނައަށް ބޮޑު ކޮށްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދު ފުޅެކެވެ.އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދު ވެވަޑައިގެންފައިވާ ފަދައިން، ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
"ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.އަންނަ މަހުން ފެށިގެން ކޮންމެ ހާފިޒަކަށް އެލަވަންސްގެ ގޮތުގައި މަހަކު 4000 ރުފިޔާ ލިބިގެންދާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ