ސްކޫލް ޖަލްސާތަކުގެ ޝަރަފުވެރި މެހެމާނަކަށް މެންބަރުންނަށް ނުދެވޭތީ އެމްޕީ ހަސަން ވަހީދުގެ ކަންބޮޑުވުން
ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރަމުން އަންނަ އައު ގަވައިދެއްގެ ދަށުން، ސްކޫލް ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތައް މަޖިލިސް މެންބަރުންނަށް ޝަރަފުވެރިކޮށްނުދެވޭ ކަމަށާއި އެއީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން ވަހީދު ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު އެކުލަވާލި އުސޫލެއްގައި ވަނީ ސްކޫލް ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހެމާނަކަށް އެ ސްކޫލެއްގެ ޕްރިންސިޕަލް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތަކަށް އެ މިނިސްޓްރީން މެހެމާނުން ހަމަޖެއްސުމަށް ކަނޑައަޅައިފައެވެ. މަޖިލީހުން އިއްޔެ ބޭއްވި ގަވައިދު ކޮމިޓީގައި ވަހީދު ވިދާޅުވީ މިހާރަކަށް އައިސް ސްކޫލުތަކުގެ ޕްރައިޒްޑޭތައް ބާއްވާއިރު ޖަލްސާ ޝަރަފުވެރިކޮށްދިނުމަށް ދާއިރާތަކުގެ މެންބަރުންނަށް ވަރަށް ގިނައިން ދައުވަތު ދޭކަމަށެވެ. ސްކޫލެއްގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތު: އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލަކާ ހެދި، މަޖިލިސް މެންބަރުންނަށް އެފަދަ ޖަލްސާތައް ޝަރަފުވެރިކުރަން ހުރަސްއެޅިފައިވާ ކަމަށް ޕީއެންސީގެ މެންބަރަކު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ނަމަވެސް އެޑިުކޭޝަން މިނިސްޓްރީގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ އެއްވެސް މެންބަރަކަށް އެފަދަ ޖަލްސާއެއްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައެއް ބައިވެރިއެއް ނުވެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމަ އެކަމަކީ [ޖަލްސާތައް ޝަރަފުވެރިކޮށްނުދެވުމަކީ] ފުދޭވަރަކަށް މެންބަރުންވެސް ކަންބޮޑުވާ ކަމެއް. މިއީ ދެކޮޅުޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އެއީ އިންތިޚާބީ މަގާމުތަކަށް މިސާލަކަށް ކައުންސިލްގެ ރައީސުންނަށް ވެސް އެކަހަލަގެ ހަފުލާތަކުގެ ޝަރަފުވެރިކަން އެބަ ކުރެވޭ.ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު މިކަމާ ގުޅޭގޮތުން ކޮމެޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމް ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ގަވާއިދު ބެލުމަށްފަހު ދެން އަންނަ ކޮމެޓީއެއްގައި އެކަމާ މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/204566 އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސްކޫލްތަކުން ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ މީހަކީ މުޖުތަމައު ގަބޫލުކުރާ އަދި އަޚުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހެއެވެ. އަދި ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވެން ޖެހޭނެއެވެ. ސާކިއުލާގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނަކީ ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ބޭފުޅުންނެވެ. އެހެންކަމުން އެ ބޭފުޅުން ސްކޫލްތަކުގެ އެއްވެސް ރަސްމިއްޔާތެއްގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގަންނަވާ ހާލަތުގައި، ދައުވަތު ދިނުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީން ކަަމަށް ވަނީ ބުނެފައެވެ. މި ސާކިއުލާއަށް އަމަލުކުރަން ފަށާފައި ވަނީ މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު، މިދިޔަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ