ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނަ ބޮޑުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެނގުން މުހިންމު - ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިހާރު ސަރުކާރުން ހާފިޒުންނަށް ދެނީ 2،000 ރުފިޔާ އެވެ. ރައީސް ވައުދުވެވަޑައިގަތީ އެ އަދަދު 4،000 އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ.
ތަފްސީލް - ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވާގޮތުން:
ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެގުނަ ބޮޑުވާނެ
މިގޮތަށް ނިންމާފައިވަނީ މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި
ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް
ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ