ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރަން މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނިންމާފައިވާ ކަމަށެވެ.
ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުލައި 16، ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެއީ ސިޔާސަތަކީ، ހާފިޒުންގެ އިނާޔަތް ވެސް ދެގުނައަށް ބޮޑުކުރެވިގެން ދާނެ،" ރައީސް މުއިއްޒު ކުރިން ވިދާޅުވި އެވެ.
ދީނީ އިލްމު ފެތުރުމާއި ހާފިޒުން ތަމްރީނު ކުރުމަކީ ހޭދަކުރުން އިތުރުކޮށްގެން ކުރެވޭ މަސައްކަތަކަށް ހަދަން ބޭނުންވާ ކަމަށް ވެސް ރައީސް ކުރިން ވިދާޅުވި އެވެ.
ހާފިޒުންނަށް ލިބޭ އެލަވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި ހާފިޒުންނަށް ލިބޭ އެލަވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ