ތާރީޚު އިއާދަވާކަށް ދޫކޮށެއް ނުލެވޭނެ: އެމެރިކާގެ ސެނެޓާ ބާނީ ސެންޑާސް
މި މަހުގެ 13ވަނަ ދުވަހު އީސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކާއި، 2003ވަނަ އަހަރު އެމެރިކާއިން އިރާޤަށް އަރައިގަތުމާއި އެއްގޮތް ކަންތައްތައްކެއް ހުރި ކަމަށް ވިދާޅު، "ތާރީޚް އިއާދަވާން ދޫކޮށްނުލެވޭނެ" ކަމަށް އެމެރިކާގެ ސެނެޓާ ބާނީ ސެންޑާސް ވިދާޅުވެއްޖެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދިނުމުގައި ގެންގުޅެނީ އެމެރިކާއިން އިރާގަށް އަރައިގަތްއިރު، އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާއި ނަތަންޔާހޫއާއި ގެންގުޅުއްވި ފަދަ ބަހުރުވައެއް ކަމަށް ބާނީ ވިދާޅުވިއެވެ. އެގޮތުން 2002ވަނަ އަހަރު އިރާޤާ ގުޅުވައި ނަތަންޔާހޫ ދެއްކެވި ވާހަކަފުޅެއް ސެންޑާސް ވަނީ ފާހަގަކުރައްވާފައެވެ. އެއީ އަވަހާރަކޮށްލާފައިވާ އިރާޤުގެ ކުރީގެ ރައީސް ސައްދާމު ހުސައިން ނިއުކްލިއާ ހަތިޔާރު ހޯދަމުންދާ ކަމާމެދު ސުވާލެއް ނެތް ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވާ ވިދާޅުވުމެކެވެ. އޭގެފަހުން އެމެރިކާ ވެސް ބުނަމުން ދިޔައީ އެހެން ކަމަށާއި އެންމެ ފަހުން ހަނގުރާމައަކަށް ދިޔައީ ކަމަށް ސެންޑާސް ވިދާޅުވިއެވެ. "އެއްވެސް ހަތިޔާރެއް ދުވަހަކުވެސް ފެނިފައެއް ނުވޭ. އިރާގު ހަނގުރާމަ ބިނާވެފައި އޮތީ ދޮގެއްގެ މައްޗަށް. އަޅުގަނޑުމެންނަށް ގެއްލުނީ އެމެރިކާގެ 4500 ޒުވާނުން. 32000 މީހުން ޒަޚަމްވެ، އެތައް ޓްރިލިއަން ޑޮލަރެއްގެ ގެއްލުން." ބުޝް 2003ވަނަ އަހަރު އިރާޤަށް އަރައިގަތްކަން އިއުލާން ކުރެއްވީ އެގައުމުން ހަތިޔާރު ނައްތާލުމަށް ކަމަށް ވިދާޅުވެއެވެ. ނަތަންޔާހޫ އާއި ޓްރަމްޕް ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ސަބަބުން ކުރިމަތިވާ ނުރައްކަލުގެ ވާހަކަ ދައްކަވާފައިވާއިރު، އަމާޒަކީ އީރާނުގެ ނިއުކްލިއާ މުއްސަނދި ކުރުމުގެ ގާބިލުކަން ނައްތާލައި، ނިއުކްލިއާ އިންޒާރުތައް ހުއްޓުވުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެންވެ، ތާރީޚް އިއާދަ ކުރެވޭކަށް ނެތް ކަމަށާއި، އެއަށްވުރެ ގިނަ މައްސަލަ އެމެރިކާގެ އެތެރޭގައި ހައްލު ކުރަން އެބަހުރި ކަމަށް ސެންޑާސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ފައިސާއާއި އަޅުގަނޑުމެންގެ މޭންޕަވާ ޚަރަދުކުރަންވީ އެމެރިކާ އަލުން ބިނާކުރުމަށް، އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ދާކަށް ނޫން." ސެންޑާސް އަކީ އީރާނާއި އިސްރާއީލާއި ގުޅިގެން އީރާނާ ދެކޮޅަށް ދޭ ހަމަލާތަކާއި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި ވެސް ފާޅުގައި ދެކޮޅު ހައްދަވާ އަޑު އުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. ނަތަންޔާހޫ އަކީ އެމެރިކާގެ ރައީސްއެއް ނޫން ކަމަށާއި އެމަނިކުފާނަކަށް އެމެރިކާގެ ޚާރިޖީ އަދި އަސްކަރީ ސިޔާސަތު ކަނޑައަޅަން ނުޖެހޭނެ ކަމަށް ހަނގުރާމައާ ދެކޮޅަށް ވާހަކަ ދައްކަވަމުން މި ހަފްތާ ކުރީކޮޅުވެސް ބާނީ ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ބަޔަކަށް އެމެރިކާ ވާން ނުޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ދިން ކުއްލި ހަމަލާއާ ގުޅިގެން އީރާނުން ވެސް ރައްދު ދެމުން އަންނައިރު، އެމެރިކާއިން އިއްޔެ ވަނީ އީރާނަށް ހަމަލާތައް ދޭން ފަށާފައެވެ. އެ ހަމަލާތަކުގެ ބަދަލުގައި އީރާނުން އެމެރިކާއަށް ދޭނީ ކިހާވަރެއްގެ ހަމަލާއެއްކަން އީރާނުން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އިސްރާއީލަށް ދެމުން ގެންދާ ހަމަލާތައް މެދުކަނޑާލާފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ