ކުރިކީލަ ރިޒާ އަވަހާރަވުމުގެ ހިތާމާގައި ރައީސުލްޖުމަހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 
'އެކްސް' ގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ކުރިކީލަ ރިޒާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. 
އަޙްމަދު ރިޟާ އަކީ ޝަރުޢީ ދާއިރާގަޔާއި އަދި ސަރުކާރުގައި ވެސް ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ