ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ މަންދޫބެއް ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރާމް މޯހަންގެ ދަތުރާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ އޭނާއަށް ރާއްޖެއިން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ކަމަށެވެ.
ދަތުރާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ތަފްސީލް - އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، އެ ގައުމުގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓު މިރޭ ރަސްމީކޮށް ހުޅުވާނެ އެވެ. 
ރާމް މޯހަންގެ ދަތުރަކީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށް ބެލެވެ އެވެ.
އެއާޕޯޓު ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)
މަޝްރޫއު ހިންގަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން
 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ
އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ
އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރަނީ އޭރޯ ބްރިޖަކާ އެކު
އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ