މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލައިފި މިނިސްޓަރު ޝަހީމްގެ އިލްމީ ފެންވަރާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް: އިޔާޒް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީން ހައްޔަރުކޮށްފި މައުމޫން ރާއްޖެ އ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން މިހާރު ފަށާފައިވާ އެމަޖެންސީ މެޑިކަލް ހިދުމަތްތަކުގެ ތެރެއިން ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށާ، ޓޫރިސްޓް ރިސޯޓްތަކަށް ފަތުރުވެރިން އުފުލުމުގެ މަސައްކަތް ކުރުމަށް ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި ހިދުމަތް ދިނުމަށް ބަޔަކު ހޯދަނީ 10 އަހަރުގެ މުއްދަތަށެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ގެ ކުރިން އެކަމަށް އެދި ހުށައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ އެދިފައެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ ހެލިކޮޕްޓަރުގެ ހިދުމަތްދޭން ހުއްދަދޭނީ ރާއްޖޭގެ ތިމާވެށްޓާ، ގުދުރަތީ ވެށްޓަށް ގެއްލުން ނުލިބޭނެފަދަ ގޮތަކަށް ހިދުމަތްދޭނެ ބަޔަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ