އަންހެނުންނަށް ރައްކާތެރިކަމާއި ސަލާމަތާއި، ޝަރަފުވެރިކަމާއިއެކު ގައުމީ ތަރައްގީގައި ހިއްސާވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އަންހެނުންގެ ގޮފި (ކޮންގްރެސް ވޮމެންސް ވިންގް)އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެގޮފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ދުވަހުން ފެށިގެން ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންނަށް ލިބިފައިވާ މަގާމު އިތުރަށް ވަރުގަދަކޮށްފައިވާކަމަށެވެ.
އެގޮތުން ގެވެށި މާހައުލުން ފެށިގެން މުޖުތަމައުގެ އެކި ދާއިރާތަކުގައި އަންހެނުންނަށް ރައްކާތެރިކަމާއި ސަލާމަތާއި، ޝަރަފުވެރިކަމާއިއެކު ގައުމީ ތަރައްގީގައި ހިއްސާވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ވިޔަފާރިއަށް އަންހެނުންނެރެ އިގްތިސާދީ ގޮތުން ބާރުވެރިކޮށް މާލީގޮތުން މިނިވަންކުރުމަށް ވިޔަފާރި ފެށުމަށާއި، އިތުރަށް ވިޔަފާރި ފުޅާ ކުރުމަށް އެހީތެރިވެދިނުމަށް އަންހެނުންނަށް ހާއްސަލޯނު ސްކީމްތައް ސަރުކާރުން ތައާރަފުކޮށްފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި އެ ސްކީމްތަކުގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރިއަށް ނެރެ ކުރިއްސުރެ ވިޔަފާރިކުރަމުން އައި އަންހެނުންނަށް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަގުފަހިކޮށްދެވިފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސިޓީތަކާއި ރަށްރަށުގެ ފެންވަރުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސްގެ މަގާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވޭ މަގާމެއްގެ ގޮތުގައި ހަމަޖައްސައިވާކަން ފާހަގަކޮށް އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންހެނުންގެ ކޮމިޓީ ތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސާ ކައުންސިލްގެ ބަޖެޓުން ޑަބްލިއުޑީސީތަކަށް ދެމުން އައި ފައިސާގެ ނިސްބަތް އިތުރުކުރެވިފައިވާކަމަށެވެ.
ސިޔާސީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތު ކުންފުނިތަކުގެ އެންމެ މަތީ ފަންތީގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރެވިފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްޕާޓީއަކުން އެންމެ ގިނައިން އަންހެން ކެނޑިޑޭޓުން ވާދަކުރަނީ ޕީއެންސީ ޓިގެޓްގައި ކަމަށް އެބަޔާނުގައި ވެއެވެ.
އަންހެނުން ބާރުވެރިކުރުވާ ދިވެހ މުޖުތަމައަކީ އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި ހަމަހަމަ ފުރުސަތުތައް ލިބިފައިވާ އެކިދާއިރާތަކުން ކުރިއަށް ދިއުމަށް އަންހެނަކަށް ވީތީ ކުރިމަތިވާ ހުރަސްތައް ނައްތާލެވިފައިވާ ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތަކަށް ކޮންގްރެސްގެ އަންހެނުންގެ ގޮފިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮންގްރެސް ވިމެންސް ވިންގްސް އިންވަނީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ އަންހެނުންނާއި އަންހެންކުދިންނަށް އަރިސްކޮށްފައެވެ.
އަދި ރަމްޟާން މަސް ނިމުމުން މި އަހަރުގެ އަންހެންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެގޮފިން ހާއްސަ ހަރަކާތެއް ބާއްވާނެ ކަމަށްވެސް އެގޮފިން ބުނެފައިއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަސް އެކިކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު މިއަދުގެ ޝިޔާރަކީ ”ރައިޓްސް، ޖަސްޓިސް ފޯ އޯލް ވިމެންސް އެންޑް ގާލްސް“ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ކޮންމެ މާޗް މަހެއްގެ އަށްވަނަ ދުވަހެވެ.
”އަންހެނުންނަށް ރައްކާތެރިކަމާއި ސަލާމަތާއި، ޝަރަފުވެރިކަމާއިއެކު ގައުމީ ތަރައްގީގައި ހިއްސާވުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފަ“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ