ހޮނިހިރުދުވަހު ވޯޓުލާއިރު....

އިންތިޚާބުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ކުރިމަތިވާ މައިގަނޑު ކަންބޮޑުވުންތަކަކީ ޤާނޫނީ ހަމަތަކާއި، އިދާރީ އުސޫލުތަކާއި، އަދި ވޯޓުލާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ކަންކަމެވެ. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު (11/2008) 3 އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނު (12/2008) 1ގެ ދަށުން ބާއްވާ އިންތިޚާބުތަކުގައި ފާހަގަކުރެވޭ މުހިންމު ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށް ވަރަށް ޚުލާޞާ މަޢުލޫމާތުކޮޅެއް ލިޔެލާނަމެވެ. ވޯޓުދާ މީހުންގެ ރަޖިސްޓަރީގެ ޞައްޙަކަން އިންތިޚާބެއްގެ އެންމެ އަސާސީ އެއް ކަމަކީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޞައްޙަ ރަޖިސްޓަރީއެއް އޮތުމެވެ. ގަވާއިދު ނަންބަރު 2020/R-48 އަށް ގެނެވުނު އިޞްލާޙުތަކުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ލިސްޓު ތައްޔާރުކުރަންޖެހެނީ ޤައުމީ ޑޭޓާބޭސްގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. (2023/R-132) [7]، (2024/R-31) [20]. މީގެ ކުރީން ބޭއްވުނު އިންތިޚާބުތަކުގައި، އޮޅިގެން އެހެން ދާއިރާއެއްގެ ވޯޓު ކަރުދާސް ދޫކުރުން ފަދަ އިދާރީ މައްސަލަތަކުގެ ސަބަބުން މީހުންގެ ވޯޓުލުމުގެ ޙައްޤު ގެއްލިގެން މައްސަލަތައް ކޯޓަށް ހުށަހެޅިފައިވެއެވެ. ކެންޑިޑޭޓުންގެ ޝަރުޠުތައް ހަމަވުން ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް، ޚާއްޞަކޮށް ސާބިތު ދަރަނީގެ މައްސަލަތަކަކީ އިންތިޚާބުތަކުގެ ނަތީޖާއަށް އަސަރުކުރާ ކަމެކެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުގައި، އިންތިޚާބަށް ކުރިމަތިލާއިރު ޙުކުމާ އެއްގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި އަދާނުކުރާ ނަމަ އެ މީހެއްގެ އިންތިޚާބީ ޝަރުޠު އުނިވާނެއެވެ. ކެމްޕޭން ފައިނޭންސް އަދި ނުފޫޒު ފޯރުވުން ސިޔާސީ ޕާޓީތަކުގެ ޤާނޫނު (4/2013) 14ގެ ދަށުން ޕާޓީތަކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ހަރުދަނާ އުސޫލުތައް އޮންނަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުގެ އާމްދަނީއާއި ޚަރަދުގެ ލިޔެކިޔުންތައް ބަލައި ތަޙުޤީޤުކުރުމުގެ ބާރު ލިބިދީފައިވެއެވެ (2-G/2022) 30. އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތުގެ ތުހުމަތުތަކާއި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ކަންބޮޑުވުންތަކަކީ އަބަދުވެސް ފާހަގަކުރެވޭ މައްސަލަތަކެކެވެ. މިއަދު ވެސް އިވެމުންދަނީ މިފަދަ ވާހަކަތަކުގެ އަޑުތަކެވެ. ޝަކުވާ ހުށަހެޅުމާއި މައްސަލަ ބެލުމުގެ ނިޒާމު އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށްޓަކައި "އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ޤާއިމްކޮށް، މައްސަލަތައް ތަޙުޤީޤުކުރުމުގެ އިޖުރާއާތުތައް ވަނީ ކަނޑައެޅިފައެވެ (2020/R-64) [22]. އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ނަމަ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. އިންތިޚާބުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ވޯޓުލާ މީހާގެ ޙައްޤު ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ރަޖިސްޓަރީގެ ޞައްޙަކަމާއި، ކެންޑިޑޭޓުންގެ ޝަރުޠުތަކާއި، އަދި އިންތިޚާބީ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ އޮޅުވާލުންތަކުން ރައްކާތެރިވުން ހިމެނެއެވެ. އަދި ތަފާތު އެކި ނަންނަމުގައި "ހަދިޔާބަދިޔާ" ދިނުން ވސް ހިމެނެއެވެ. ހިތާމައަކީ ކޮންމެ އިންތިޚާބަކާ ދިމާކޮށް އަދި ވަކީން ޚާއްޞަކޮށް ވޯޓުލާ ދުވަސް ކައިރިވީ ވަރަކަށް މި ދެންނެވި ކަހަލަ ހަދިޔާބަދިޔާ ބަހާ އަޑުގަދަވާ ވާހަކަ އަޑުއިވޭތީއެވެ. އެކަންކަމުގެ ހިނގާ ވާހަކަ އެކިއެކި މަންސަތަކުގައި ދައްކަމުންދާތީއެވެ. އަޑެއް ކީވިއްޔާ ރެނދެއްލާނޭ ބުނާ ފަދައިން، އެފަދަ ވާހަކަތަކުގެ އަޑުތައް އެ ފެތުރެނީ ކޮންމެ ވެސް ވަރެއްގެ ޙަޤީޤަތެއް އޮތުމުން ކަމަށް ވެސް ވެދާނެއެވެ. އެހެނަސް ކޮންމެ މީހަކު ވެސް، ތިމާގެ އަމިއްލަ ނަފުސަށް ތެދުވެރިވެ، "ހަދިޔާބަދިޔާ" ދިނުމާއި އެފަދަ ތަކެތީގައި ހިފުން ހުއްޓާލަންޖެހެއެވެ. ކޮރަޕްޝަނުގެ މި ވަބާއިން މުޅި މުޖުތަމަޢު ސަލާމަތްކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ