ހއ. ދިއްދޫގައި ދަނާލެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. ދިއްދޫގައި ދަރިވަރުންނަށް ދަނާލެއް އެޅުމުގެ އެއްބަސްވުމެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.މިއީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ އަޙްހުމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.ދިއްދޫގައި އަޅަން ނިންމާފައިވާ އެކޮމަޑޭޝަން ބްލޮކަކީ ފާހާނާއާ އެކު ފަރުމާކޮށްފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރި ހިމެނޭ ތަނެކެވެ. ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ބަދިގެ، ޑައިނިންގް އޭރިއާ، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއް ވެސް އެ އިމާރާތުގައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.ދިއްދޫއަކީ ޖޫނިއާ ކޮލެޖް އެޅުމަށް ނިންމާފައިވާ ރަށެކެވެ.ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ތަންތަން އިމާރާތް ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ޤާއުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސީޓުގެ ކެމްޕަސްތައްވެސް ތަރައްގީކުރަމުންނެވެ. އެތަންތަން ތަރައްގީ ކުރާއިރުވެސް ދަރިވަރުންނަށް އެރަށެއްގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކަމަޑޭޝަން ބްލޮކްތަކާއި ދަނާލުތައް ތަރައްގީކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ