ޕާކިސްތާނުގައި އިއްޔެ އިން ފެށިގެން ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ، ސައުތު އޭޝިއަން ރީޖަނަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބައިވެރިނުވާން ފަހު ވަގުތު ރާއްޖޭން ނިންމީ ހާލަތަށް ވިސްނާފައި ސަރުކާރާ އެކު ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް ބުނެފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރުގަދަ އެކަޑަމީތަކުގެ ކުޅުންތެރިން ހިމެނޭހެން ކުރިއަށްދިޔަ ގައުމީ ސިލެކްޝަނަށް ފަހު، އިސްލާމްއާބާދުގައި އިއްޔެ އިން ފެށިގެން މި މަހު 7 އަށް ކުރިއަށްދާ މުބާރާތަށް ވަނީ ތިން އުމުރުފުރާ އަކުން 12 ކުޅުންތެރިން ހޮވަައިފަ އެވެ. އެކަމަކު، މުބާރާތަށް ޓްރެއިނިންތައް ވެސް ކުރިއަށްގެންގޮސް ގިނަ ކަންތައްތަކެއް ނިމުނު ފަހުން، ބީއޭއެމް އަށް ޖެހުނީ މުބާރާތުގައި ބައިވެރިވާން ނިންމި ނިންމުން އަނބުރާ ގެންނާށެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، އިޝްފާން މުހައްމަދު (އިއްޕަ)، މިއަދު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އެެމެެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުފަތުރުކުރުމުގައި ހުރި ކަންކަމަށް ބަަލައި މިހާރުގެ ހާލަތަށް ވެސް ވިސްނާފައި ސަރުކާރާ ވެސް މަޝްވަރާ ކުރެވިގެން ނިންމި ނިންމުމެއް ކަމަށެވެ.
"ހަނގުރާމައާ ކަންކަން އޮތީމަ މި ވަގުތު މަޑުޖައްސާލަން ލަފާ އައިސްފައި އޮތީމަ އެ ގޮތަށް ނިންމީ. ދެން، މުބާރާތުގެ ދުވަސްތަކުގައި ދަތުރުކުރުމާ ކަންކަމުގައި މި ހުރި ދަތިތަކާ ކަންކަމަށް ބަލާއިރު މަޑުކޮށްލަން ޖެހުނީ،" އިޝްފާން ވިދާޅުވި އެވެ.
"އޭގެ އިތުރުން ވެސް ބައިވެެރިވާ އެހެން ގައުމުތަކުން ވެސް، ޓީމު އިވެންޓް 16 އަހަރުން ދަށް، 19 އަހަރުން ދަށުގެ އިވެންޓުން ނަން ނެގުމާ ގުޅިގެން، މި ހާލަތާ ހެދި ނިންމަން ޖެހުނީ. ދެން، 23 އަހަރުން ދަށުގެ ކެޓަގަރީ ތިން ގައުމު ނޫނީ ހަތަރު ގައުމު އެބައުޅޭ، ރާއްޖޭން އެކީ އެކައްޗަކަށް މިކަން ކުރަން ބަލާއިރު ވާން ނެތީ،"
އިއްޕަ ވިދާޅުވީ، މުބާރާތަށް ދަތުރުކުރަން ވެސް އޮތީ ލާހޯރުން އިސްލާމްއާބާދަށް ބަހުގައި ކަމަށާއި މި ކަންކަމަށް ބަލާއިރު، ސަލާމަތީ ސަބަބުތަކާ އެ ހުރިހާ ކަމަކަށް ބަލާފައި މި ހާލަތުގައި ބައިވެރިނުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުގެ ވެސް ލަފާ ހޯދައިގެން ނިންމީ ކަމަށެވެ.
ބެޑްމިންޓަން އޭޝިއާ ރީޖަނަލް މުބާރާތަށް ރާއްޖޭން ނުދިޔައީ ހާލަތަށް ވިސްނާފައި: ބީއޭއެމް ބެޑްމިންޓަން އޭޝިއާ ރީޖަނަލް މުބާރާތަށް ރާއްޖޭން ނުދިޔައީ ހާލަތަށް ވިސްނާފައި: ބީއޭއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ