ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދުވަސްވީ ތަދުތަކަށް ހާއްސަ ޕެއިން މެނޭޖްމަންޓް ކްލިނިކެއް ހުޅުވައިފި އެވެ.
ޓްރީ ޓޮޕުން ބުނީ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ އާދީއްތަ، ހޯމަ އަދި އަންގާރައެއްގައި 15:00 އިން އިރުއޮއްސި 18:00 އަށް ކަމަށެވެ.
އެ ކްލިނިކުން ފަރުވާދޭނީ އެނެސްތެޓިސްޓްއަކަށް ހާއްސަ ޑރ. ފިއުނާ އަދި ޑރ. ބިޝްނޫ އެވެ.
ޕެއިން މެނޭޖްމަންޓް ކްލިނިކުން ދޭ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ ދާއިމީކޮށް ބުރަކަށީގައި ރިއްސުމާއި، ހުޅުތަކުގެ ބަލިތަކާއި، ކެންސަރާ ގުޅުންހުރި ތަދުތަކުގެ އިތުރުން ނާރުގެ ބަލިތައް ހިމެނެ އެވެ.
މި ކްލިނިކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ 210 އެނދުގެ ޖާގައާއެކު، އައިސީޔޫ، ކެތް ލެބް، ޑަޔަލަސިސް، ފާޓިލިޓީ ސެންޓަރު އަދި ކީމޯތެރަޕީގެ ހިދުމަތް ދޭ އޮންކޮލޮޖީ ކްލިނިކް ފަދަ ޒަމާނީ ވަސީލަތްތައް ގާއިމުވެފައިވާ ތަނެކެވެ.
އެ ހޮސްޕިޓަލުގެ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ އެހީގައި ރައްކާތެރި އަދި އަވަސް ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޕެއިން މެނޭޖްމަންޓް ކްލިނިކެއް ހުޅުވައިފި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޕެއިން މެނޭޖްމަންޓް ކްލިނިކެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ