އެކި ދުވަސްމަތިން ހުޅުމާލެ ހޮސްޕިޓަލް އިން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ، މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް (40އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާރިޗް މަހުގެ 29 ވަނަދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާ ހައްޔަރުކޮށް، ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ