ކުޅުދުއްފުށީގައި އަޅާ 2،000 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ކުޅުދުއްފުށީގައި 2،000 ފްލެޓްގެ ބިންގާ އަޅައިފި އެވެ.ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިންގާ އަޅައި ދެއްވީ އެރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދާއި ކުުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދާއި ޓީމް ވަން އިންޑިއާ ކުންފުނީގެ ޑިޒައިން ޑިރެކްޓަރު ބަޝީރު އަހުމަދެވެ. މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެ އެވެ. އެގޮތޔުން ހަދަން ނިންމާފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ. މީގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1،856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.އެ މަޝްރޫއުގައި އަޅަނީ 14 ބުރީގެ 13 ޓަވަރެވެ. އެއިން ކޮންމެ ފްލޯއެއްގައި ހުންނާނީ 12 ފްލެޓެވެ. ތިން ކޮޓަރީގެ އެ ފްލެޓުތަކަކީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ