ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ރައީސް މުހައްމަދު މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން، އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލި މުހައްމަދު ޝަހުޒާން ވެސް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވާން އެންގީ އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އެ ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އޭގައި ހުރި ވާހަކަތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދެއްކުން މަނާކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް އަނގަބަންދުކުރުމުގެ އަމުރެއް ނުވަތަ ގެގް އޯޑަރެއް ނެރެފަ އެވެ.
މިއީ އެ ޑޮކިއުމެންޓްރީއާ ގުޅުވާ، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ މައްސަލައިގައި އެ ކޯޓުން ނެރުނު އަމުރެކެވެ.
ޝަހުޒާންގެ އިތުރުން މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް ހަމަ މި އަމުރާ ހިލާފުވީ ކަމަށް ބުނެ މާދަމާ މެންދުރު 11:00 އަށް ހާޒިރުވާން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޝަހުޒާން ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު 13:00 ގައި އެވެ.
އަަދަދުގެ ވެރިންނާއި ނޫސްވެރިން ހިމެނޭހެން ހަތަރު މީހެއްގެ މައްސަލަތައް ކޯޓުގައި އޮތްއިރު، މި މައްސަލައިގައި މި ނޫހުގެ އޮފީސް ރެއިޑްކޮށް، އިލެކްޓްރޯނިކްސްތައް ވަނީ ގެންގޮސްފަ އެވެ. އަދި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
މުއިއްޒުއާ ސުވާލުކުރުމުން ޝަހުޒާން ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ